ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބޮޑުފޮޅުދޫގެ ޒަމާނީ އައު އިންޖީނުގޭގެ ބިންގާ އަޅައިފި

އއ. ބޮޑުފޮޅުދޫގައި ޒަމާނީ އައު އިންޖީނުގޭގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މިއަދު ބޭއްވިއެވެ. މި ރަސްމިއްޔާތުގައި ބިންގާ އަޅުއްވައިދެއްވީ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ، ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު އަދި ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމެވެ.

މި މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ވިދާޅުވީ މިއީ ބޮޑުފޮޅުދޫ ރައްޔިތުން ދުށް ބޮޑު ހުވަފެނެއް ޙަޤީޤަތަކަށް ވެގެން ދިޔަ ވަގުތެއް ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި މިހާރު ހުރި އިންޖީނުގެ ވަނީ ސްކޫލާ ޖެހިގެން ކަމަށާއި، މިކަމުގެ ސަބަބުން ދަރިވަރުންނަރުންނަށް ވަރަށް ބޮޑަށް އުނދަގޫވާ ކަމަށެވެ. އަދި މިހާރު ހުރި އިންޖީނުގެއަކީ ޖާގައިގެ ގޮތުން ވަރަށް ދަތި ތަނެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ބޮޑުފޮޅުދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް ވިދާޅުވީ މިއީ ޒަމާންވީ ތަކުލީފަކަށް ނިމުމެއް އައުމުގެ ފެށުން ކަމަށެވެ. އަދި އުންމީދު ކުރައްވާ ގޮތުގައި އަމަލީ މަސައްކަތް ވީހާވެސް އަވަހަކަށް ފެށި، މިހާރު ސްކޫލު ކައިރީގައި ހުރި އިންޖީނުގެ އެހެން ތަނަކަށް ބަދަލުކުރެވިގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ސަބަބުން ބޮޑުފޮޅުދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާވެ، ރަށުގެ ތަރައްޤީއަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

767

ދިގުރަށުގައި ޒަމާނީ ކަރަންޓު ވިއުގައެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ސަރވިސް ކައުންޓަރުތަކުން ހިދުމަތް ދޭނޭ ގޮތް ހާމަކޮށްފި

stelco

ފަހު ދިހައެއްގައި ސްޓެލްކޯގެ ޚިދުމަތް ދޭނެ ގަޑިތައް އާންމުކޮށްފި

ހުރާގެ ކަރަންޓާއި ފެނާއި ނަރުދަމާގެ ހިދުމަތް ސްޓެލްކޯގެ ދަށަށް