ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕަހަލްގަމްއަށް ހަމަލާދިން މީހުންނާއި، ރޭވި މީހުންވެސް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ: ޖައިޝަންކަރު

ޖައްމޫ އެންޑް ކަޝްމީރުގެ ޕަހަލްގަމްއަށް ހަމަލާދިން މީހުންނާއި، އެކަން ރޭވި މީހުންނާއި، އެކަމަށް ތާއީދުކުރި މީހުންވެސް އިންސާފުގެ ކުރިމައްޗަށް ގެންނަންޖެހޭ ކަމަށް، އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ، އެމެރިކާގެ ފޮރިން މިނިސްޓަރ މާކޯ ރޫބިއޯއާ ފޯނުން ދެކެވުނު ވާހަކަތަކަށްފަހު ނެރުއްވި ބަޔާނެއްގައެވެ. ޖައިޝަންކަރު ވަނީ، ޕަހަލްގަމް ހަމަލާއާ ގުޅިގެން މިހާރު ހިނގަމުންދާ ކަންތައްތަކާ ގުޅޭގޮތުން ރޫބިއޯއާ މަޝްވަރާ ކުރައްވާފައެވެ.

އޭޕްރީލް 22 ވަނަ ދުވަހު ޕަހަލްގަމްއަށް ހަތިޔާރު އެޅި ގްރޫޕަކުން ދިން ބަޑީގެ ހަމަލާތަކުގައި 26 މީހުން މަރުވިއެވެ. މި ހަމަލާގެ ޒިންމާ އިންޑިއާއިން އަޅުވާފައިވަނީ ޕާކިސްތާނުގެ ބޮލުގައެވެ. އެކަމަކު، އިންޑިއާގެ ތުހުމަތު ޕާކިސްތާނުން ދޮގުކުރެއެވެ. ޕަހަލްގަމް ހަމަލާގެފަހުން، އިންޑިއާއިން ޕާކިސްތާނާއެކު އޮންނަ ގުޅުންތައް ހަނިކޮށް، ޕާކިސްތާނާ ދެކޮޅަށް އެތައް ފިޔަވަޅެއް އަޅާފައި ވާއިރު، ޕާކިސްތާނުންވެސް ވަނީ އިންޑިއާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައެވެ.

އެމެރިކާގެ ފޮރިން މިނިސްޓަރު މާކޯ ރޫބިއޯ އިންޑިއާގެ ފޮރިން މިނިސްޓަރާ ވާހަކަ ދެއްކެވީ، މަސްރަހް އިތުރަށް ހޫނުވިޔަ ނުދިނުމަށެވެ.

މާކޯ ރޫބިއޯވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފްއާވެސް ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައެވެ. އަދި ޕަހަލްގަމްއަށް ދެވުނު ބަޑީގެ ހަމަލާ ޕާކިސްތާނުން ކުށްވެރިކުރަންޖެހޭނޭ ކަމަށް، ރޫބިއޯ، ޕާކިސްތާނުގެ ބޮޑުވަޒީރަށް ދެންނެވި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޕަހަލްގަމް ހަމަލާއާ ގުޅިގެން މަސްރަހް ހޫނުވަމުންދާއިރު، ޕާކިސްތާނާއި އިންޑިއާ ސިފައިން ރޭގައިވެސް ވަނީ، ދެގައުމުގެ ދެމެދުގައި ކަޝްމީރު ބައިކުރާ ލައިން އޮފް ކޮންޓްރޯލް ހުރަސްކޮށް ބަޑީގެ ހަމަލާތައް ބަދަލުކޮށްފައެވެ. މިއީ، ހަމަލާތައް ބަދަލުކުރި 7 ވަނަ ދުވަހެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ނަޝީދު ފާޑުވިދާޅުވެއްޖެ

ނިއުދިއްލީގެ މަސް މާރުކޭޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ، ސަރުކާރުގެ ބަހެއް އަދިނެތް

ޕާކިސްތާނުން އަފްގާނިސްތާނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފި

އެމެރިކާގެ ފުރިހަމަ ތާއީދު ޕާކިސްތާނަށް: ޕާކިސްތާނުން ކަންތައް ކުރަނީ ވަރަށް ރަނގަޅަށް – ޓްރަމްޕް