ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އަލިފާނުގެ ސަބަބުން 10،000 މީހުން ގެދޮރުދޫކޮށްފި، ހާލަތު އިތުރަށް ގޯސްވާނޭކަމުގެ އިންޒާރު އިސްރާއީލު ފަޔަރ އެންޑް ރެސްކިއުއިން ދީފި

އިސްރާއީލަށް ރޭގަނޑުވުމުން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދިޔަ މަތިންދާ ބޯޓުތައް އުދުހުން ހުއްޓާލި ނަމަވެސް، އިސްރާއީލުގެ އެކި ހިސާބުތަކަށް އަލިފާން ފެތުރެމުން އެބަދެއެވެ.

އިސްރާއީލުގެ ޝަ’އާރު ހަގާގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަމުންދާއިރު، އޭގެ އެތައް ހިސާބު ދުރަށްވެސް އަލިފާން ފެތުރޭނޭ ކަމުގެ ބިރު މިހާރުވަނީ އުފެދިފައެވެ.

އަލިފާން ކޮންޓްރޯލް ނުކުރެވި އިތުރު ސަރަހައްދުތަކަށް ފެތުރެމުންދަނީ، ޖެހެމުންދާ ގަދަ ވައިގެ ސަބަބުން ކަމަށް ވެއެވެ. އަދި އެކި ފަހަރު އެކި ދިމާއަށް ވައި އެނބުރެމުންދާތީ، ކޮންޓްރޯލް ކުރަން އުނދަގޫވެ، އިތުރު ސަރަހައްދުތަކަށް ދަނީ ފެތުރެމުންނެވެ.

އަލިފާން ރޯވެ އަނދަމުންދާތީ އިސްރާއީލުގެ 9 އަވަށެއް މިހާރުވަނީ ހުސްކޮށްފައެވެ. އަދިވެސް އިތުރު އަވަށްތަކުން މީހުން ހުސްކުރުމުގެ މަސައްކަތް ޓީމުތަކުން ގެންދަނީ ކުރަމުންނެވެ.

10،000 އަށްވުރެ ގިނަމީހުން ގެދޮރު ދޫކޮށް ގޮސްފައިވާ ކަމަށް މީޑިއާއިން ބުނެއެވެ.

އިސްރާއީލުގެ މީޑިއާއިން ބުނެފައިވަނީ، މިއީ އިސްރާއީލުގެ ތާރީޚްގައިވެސް ތަޖުރިބާކުރާ އެންމެ ބިޔަ އަދި އެންމެ ނުރައްކާ އަލިފާން ކަމަށެވެ.

އަލިފާން ރޯވެ އަނދަމުންދާތީ، އިސްރާއީލުގެ “މިނިވަންދުވަހުގެ” އިހުތިފާލުތައް މިހާރުވަނީ ކެންސަލްވެސް ކޮށްފައެވެ.

އިސްރާއީލުގެ ފަޔަރ އެންޑް ރެސްކިއު ކޮމިޝަނަރ ބުނެފައިވަނީ، އަލިފާން ކޮންޓްރޯލް ނުކުރެވޭ ކަމަށާއި، އަދިވެސް ފެތުރޭނޭ ކަމަށެވެ. ހާލަތު އިތުރަށް ގޯސްވެދާނޭ ކަމުގެ އިންޒާރުވެސް އޭނާ ދީފައި ވެއެވެ.
މިއީ، ބަޔަކު ގަސްތުގައި ރޯކުރި އަލިފާނެއްކަމަށްވެސް އިސްރާއީލު ބައެއް މީހުން ވާހަކަ ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Iu

ގުދަނުގައި ރޭ އަލިފާން ރޯވި މައްސަލައިގެ ޚާއްސަ ތަހުގީގެއް ފަށައިފި

ހަކަތައިގެ ސިނާއަތަށް ހަމަލާދީގެން ދުޝްމަނުންނަށް ހާސިލްވާނެ އެއްވެސްކަމެއްނެތް، ނަތީޖާ ވަރަށް ގޯސްވެދާނެ: އީރާނުގެ ރައީސް

WhatsApp Image 2026 03 18 at 11.18.02

ގަލޮޅު މޯޗަރީ ކައިރި ހުރި ގުދަނެއްގައި ވަރަށް ބޮޑަށް ރޯވެ އަނދަނީ

އިސްރާއީލުގެ ހަމަލާއެއްގައި އަލީ ލަރިޖާނީ އަވަހާރަވެފައިވާކަން އީރާނުން ކަށަވަރުކޮށްދީފި