ކުއްލި ޚަބަރު

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

ރާއްޖޭގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓް ނުކުރެވޭނެ ދާއިރާތަކެއް ކަނޑައަޅައިފި

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

މެލޭޝިއާ ދަތުރަކީ ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް: ވަޒީރު

ޒަމީރު

މި އެޕްރީލް މަހުގެ 27 އިން 30 އަށް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅަކީ ރާއްޖެއާއި މެލޭޝިއާގެ ގުޅުން ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމުގައި މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު، މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

މެލޭޝިއާގެ ބޮޑުވަޒީރު ޔާންގް އަމަތް ބަރހޮރމަތް ޑާޓޯ ސެރި އަންވަރް ބިން އިބްރާހީމްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މެލޭޝިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ވަޒީރު މޫސާ ޒަމީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މިގޮތުން މި ދަތުރުފުޅާ ގުޅިގެން ވަޒީރު ވިދާޅުވީ މި ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް ލިބުނު މުހިންމު ފުރުޞަތެއް ކަމަށާއި، ދަތުރުފުޅުގައި މަތީ ފެންވަރުގެ މަޝްވަރާތަކާއި، އެއްބާރުލުންދިނުމާއި ގުޅުންހުރި ފަހުމުނާމާތަކުގައި ސޮއިކުރައްވައި އެކްސްޗޭންޖް އޮފް ނޯޓްސް (އީ.އޯ.އެން) ވެސް ބަދަލުކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަޤުރީރުކުރައްވަމުން ރައީސް ޑރ. މުޢިއްޒު ވަނީ ރާއްޖޭގައި ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ކުރެއްވުމަށް މެލޭޝިއާގެ އިންވެސްޓަރުންނަށް ގޮވާލައްވާފައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން މެލޭޝިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ޤައުމުގައި ދިވެހި އައިޑީ ކާޑު އަދި އީ-ޕާސްޕޯޓުގެ ޚިދުމަތްތައްވެސް ތަޢާރަފްކޮށްދެއްވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ދަތުރުފުޅުގައި މެލޭޝިއާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ (އައި.އައި.ޔޫ.އެމް) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް، “އިސްލާމިކް ލީޑަރޝިޕް އެންޑް މަދަނީ ޑިވެލޮޕްމަންޓް” ގެ ދާއިރާއިން ޑޮކްޓަރ އޮފް ފިލޯސަފީގެ އޮނޮރަރީ ޑިގްރީއެއް އެރުވުމަކީވެސް ފަޚުރުވެރި ކަމެއްކަން ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.

ވަރީރުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ ދަތުރުފުޅުން އެނބުރި ވަޑައިގަންނަނީ ކުރިއެރުމާއި ތަނަވަސްކަމަށްޓަކައި އެންމެން ހިއްސާކުރާ ލަނޑަދަނޑިތައް ހާސިލުކުރުމުގެ އަޒުމުގައި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

1234

ފުރުޤާން މިސްކިތް ކުރިމަތީ ހިތްފަސޭހަ މައިޒާނަކާއި ސައިކަލް ޕާކިންގްއެއް ތަރައްޤީ ކުރަނީ

1234

ރައީސް މުއިއްޒުގެ ސިޔާސަތަކީ މަސްވެރިންނަށް ލިބެންޖެހޭ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުން: ޝިޔާމް

Mal

ވެންޓިލޭޓަރު މައްސަލަ: 37 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދައްކަން ދުބާއީ ކޯޓަކުން އަމުރު ކޮށްފި

ރައީސް އދ.ގެ 10 ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

TTH_advertisement