ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޕާކިސްތާނުން އިސްކަންދެނީ ސުލްހައަށް، އެއީ “ފިނޑިވުން” ކަމަށް އިންޑިއާއިން ދެކިގެންނުވާނެ: އިމްރާން ޚާން

5adb2335 ad9d 433b 8c63 9951b1873109

ސަރަހައްދުގެ މަސްލަހަތު ނަގާލުމަށް މަސައްކަތް ކުރުމުގެ ބަދަލުގައި އިންޑިއާއިން މާބޮޑަށްވެސް ޒިންމާދާރުވާންޖެހޭ ކަމަށް، ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެއެވެ. އިމްރާން ޚާން މިހެން ވިދާޅުވީ، އޭނާގެ ޕާޓީ، ތަހްރީކޭ އިންސާފުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޕޯސްޓްކުރެވި މެސެޖެއްގައެވެ.

އިމްރާން ޚާން ވިދާޅުވީ، އިންޑިއާއަކީ 1.5 ބިލިއަން މީހުންގެ އާބާދީއެއް ހިމެނޭ ގައުމަކަށް ވާއިރު، ކަންކަމުގައި ޒިންމާދާރުވާން ޖެހޭނޭ ކަމަށެވެ. ޕާކިސްތާނުން އަބަދުވެސް އިސްކަންދެނީ ސުލްހައަށް ކަމަށާއި، އޭގެ މާނައަކީ ޕާކިސްތާނު “ފިނޑިވުން” ކަމަށް އިންޑިއާއިން ދެކިގެން ނުވާނޭ ކަމަށް އިމްރާން ޚާން ވިދާޅުވިއެވެ. ޕާކިސްތާނާ ދެކޮޅަށް އިންޑިއާއިން ހިންގާ ކޮންމެ އަމަލަކާ އެއްވަރުގެ ރައްދެއް ދިނުމުގެ ހުރިހާ ގާބިލްކަމެއް ޕާކިސްތާނަށް ލިބިގެންވާ ކަމަށްވެސް އިމްރާން ޚާން ވިދާޅުވިއެވެ.

މުޅި ޕާކިސްތާނު ހުރިހާ ރައްޔިތުންގެ ފުރިހަމަ ތާއީދާއެކު އޭނާގެ ސަރުކާރުން 2019 ވަނަ އަހަރު އިންޑިއާއަށް ދެވުނު ރައްދަކީވެސް ހަމަ އެފަދަ ރައްދެއް ކަމަށް، އެ އަހަރު ހިނގި ކުރިމަތިލުމުގައި އިންޑިއާއަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކަށް އިޝާރާތް ކުރައްވައި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ކަޝްމީރުގެ ރައްޔިތުންނަށް، އެމީހުންގެ ކަންކަން އަމިއްލަ ނިންމުމުގެ ހައްގު އޮންނަންޖެހޭނޭ ކަމަށް އަބަދުވެސް ވަކާލާތު ކުރައްވާ ކަމަށާއި، އެއީ، އދގެ ގަރާރުތަކުން ކަށަވަރުކޮށްދީފައިވާ ހައްގުތަކެއް ކަމަށްވެސް އިމްރާން ޚާން ވިދާޅުވިއެވެ. އާރުއެސްއެސް ފިކުރުގެދަށުގައި އޮތް އިންޑިއާއަކީ ސަރަހައްދުގެ އިތުރުން، ސަރަހައްދުން ބޭރަށްވެސް އޮތް ނުރައްކަލެއް ކަމަށް އޭނާ އަބަދުވެސް ވިދާޅުވަމުން ގެންދަވާކަން އިމްރާން ޚާން ފާހަގަ ކުރައްވާފައި ވެއެވެ.

އިންޑިއާއިން ޣައިރުގާނޫނީ ގާނޫނެއް ފަސްކޮށް، ކަޝްމީރުގައި ހިންގާ އަނިޔާވެރިކަން އިތުރަށް ވަރުގަދަ ކޮށްފައިވާ ކަމަށާއި، އިންޑިއާގެ އަމަލުތަކުގެ ސަބަބުން ކަޝްމީރު ރައްޔިތުން މިނިވަން ކަމަށްޓަކައި ކުރާ އުންމީދަށް އިތުރު ވޭންތަކެއް، އުދާސްތަކެއް ކުރިމަތިވެފައިވާ ކަމަށް، އިމްރާން ޚާން ވިދާޅުވެފައި ވެއެވެ.

އިންޑިއާގެ ބާރުގެދަށުގައި އޮންނަ ޖައްމޫ އެންޑް ކަޝްމީރުގެ ޕަހަލްގަމްގައި ހަތިޔާރުއެޅި ޖަމާއަތަކުން ބަޑިޖަހައި 26 މީހުން މަރާލި ހާދިސާގެ ޒިންމާ އިންޑިއާއިން އަޅުވާފައިވަނީ ޕާކިސްތާނުގެ ބޮލުގައެވެ.

އެކަމަކު، އެއްވެސް ހެއްކެއް ނުދައްކައި، ތަހްގީގަކަށްވެސް ނުގޮސް އަވަސްއަރުވާލައިގެން އިންޑިއާއިން ޕާކިސްތާނުގެ ބޮލުގައި އަޅުވަމުންދާ އިލްޒާމުތައް، ޕާކިސްތާނު ސަރުކާރުން ގެންދަނީ ދޮގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

އެމެރިކާއިން އިންޑިއާއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ނަޝީދު ފާޑުވިދާޅުވެއްޖެ

ނިއުދިއްލީގެ މަސް މާރުކޭޓެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީ، ސަރުކާރުގެ ބަހެއް އަދިނެތް

ޕާކިސްތާނުން އަފްގާނިސްތާނާ ދެކޮޅަށް ހަނގުރާމަ އިއުލާން ކޮށްފި

އެމެރިކާގެ ފުރިހަމަ ތާއީދު ޕާކިސްތާނަށް: ޕާކިސްތާނުން ކަންތައް ކުރަނީ ވަރަށް ރަނގަޅަށް – ޓްރަމްޕް