ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ މެލޭޝިއާގެ ބޮޑުވަޒީރު، އަންވަރު އިބްރާހީމްގެ ދައުވަތަކަށް އެގައުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މިމަހުގެ 27 ވަނަ ދުވަހު އެމަނިކުފާނު މެލޭޝިއާއަށް ވަޑައިގެންނެވިއިރު، މި ދަތުރުފުޅުގެ ތެރެއިން މަތީ ފަންތީގެ މަޝްވަރާތަކަކާއި އެއްބަސްވުންތަކެއްގައި ސޮއި ކުރައްވާފައި ވެއެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ބޮޑުވަޒީރު، އަންވަރު ބައިވެރިވެވަޑައިގެންނެވި މޯލްޑިވްސް-މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ރައީސް ވަނީ ރާއްޖޭން ލިބެން ހުރި ފުރުސަތުތައް ބައްލަވައިލެއްވުމަށް މެލޭޝިއާގެ އިންވެސްޓަރުންނަށް ފޯރަމަށް ދައުވަތު ދެއްވާފައެވެ. އަދި މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރައްވައި، ދިވެހި އައިޑީ ކާޑާއި ޕާސްޕޯޓުގެ ހިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްދެއްވުމުގެ އިތުރުން މެލޭޝިއާގައި ތިބޭ ދިވެހި ދަރިވަރުންގެ އެސޯސިއޭޝަން ވެސް އިފްތިތާހުކޮށްދެއްވާފައެވެ.

މީގެ އިތުރުން ވެސް ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އިން ވަނީ އެމަނިކުފާނަށް އޮނަރަރީ ޑޮކްޓްރޭޓްކަން ވެސް އަރުއްވާފައެވެ. މިއީ އައިއައިޔޫއެމްއިން ދިވެއްސަކަށް މިފަދަ ޝަރަފެއް އެރުވި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

ރައީސްގެ ދަތުރު ނިންމަވާލެއްވުމުގެ ކުރިން ވަނީ މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ޒިޔާރަތް ކުރައްވައި، މުވައްޒަފުން ކުރައްވަމުން އަންނަ މަސައްކަތުގެ އަގު ވަޒަންކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

Q

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ސަބަބުތައް ރައީސް ސާފުކޮށްދެއްވައިފި

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް