ކުއްލި ޚަބަރު

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

އެމްޕީއެލްގެ މުވައްޒަފުން ޓީމް ބިލްޑިންގ އަދި ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވެއްޖެ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވަނީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަމާއި، އިތުބާރު އަދި ލީޑަރޝިޕްގެ ހުނަރުތައް އިތުރަށް ހަރުދަނާކުރުމަށް އަމާޒުކޮށްގެން ހިންގި ޓީމް ބިލްޑިންގ އަދި ލީޑަރޝިޕް ތަމްރީނު ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ނިންމާލާފައެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދެވުނީ 28 އަދި 29 އޭޕްރިލް 2025 ގައި ކ. ވިލިނގިލި ބީޗްސައިޑްގައެވެ. ރިއަލިޓީ ކޮންސަލްޓަންސީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރިއަށް ގެންދެވުނު މި ތަމްރީނުގައި އެމްޕީއެލްގެ 200 މުވައްޒަފުން ދެ ބެޗަކަށް ބަހާލައިގެން ބައިވެރިވިއެވެ. މި ތަމްރީނަކީ އިންޓަރެކްޓިވް އަދި ޝައުޤުވެރިކަން ހުރި ތަޖުރިބާއެއް މުވައްޒަފުންނަށް ފޯރުކޮށްދިން ތަމްރީނެކެވެ.

މި ތަމްރީނުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި:

– މުވާސަލާތު ކުރުމުގެ ހުނަރު ރަނގަޅުކޮށް، އެއްބާރުލުން އިތުރަށް ހަރުދަނާކުރުން
– ހުޅުވިގެންވާ ގުޅުންތަކާއި އެކަކު އަނެކަކު ދެނެގަތުމުގެ ތެރެއިން ޓީމުގެ މެންބަރުންގެ މެދުގައި އިތުބާރު އުފެއްދުން
– މައްސަލަ ހައްލުކުރުމާއި، ނިންމުންތައް ނިންމުމުގެ ހުނަރު ތަރައްޤީކުރުން
– އެކުގައި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ބޭނުންވާ މުހިންމު ޓީމްވޯކްގެ ހުނަރުތައް ތަރައްޤީކުރުން ހިމެނެއެވެ.

ބެޗް 1 ގެ ތަމްރީނު ކުރިއަށް ގެންދެވުނީ 28 އޭޕްރިލް 2025 ގައެވެ. އަދި ބެޗް 2 ގެ ތަމްރީނު ކުރިއަށް ގެންދެވުނީ 29 އޭޕްރިލް 2025 ގައެވެ.

އެމްޕީއެލްއިން ދަނީ އެ ކުންފުނީގެ މުވައްޒަފުންގެ ޕްރޮފެޝަނަލް ކުރިއެރުމާއި ތަރައްޤީއަށް އިސްކަންދީ، އިންވެސްޓްކުރަމުންނެވެ. މިއީ ވަރުގަދަ، ފޯރިހުރި އަދި ގުޅިލާމެހިފައިވާ މަސައްކަތުގެ މާހައުލަކީ ބަނދަރުގެ މަސައްކަތްތަކުގައި ކާމިޔާބާއި ފުރިހަމަކަން ގެނުވުމުގެ މުހިންމު ބިންގަލެއްކަން ދެނެގަނެ، އެކަމަށް އަހައްމިއްޔަތުކަން ދިނުމުގެ ގޮތުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އަހުމަދު
މުވަޒަފުންގެ ތަރައްގީ އަށް މަސައްކަތް ކުރާނި ދުރުވިސްނޭ ހަރުދަނަ ލީޑަރ ޝިޕަކުން ، ތިޔަ ދަނީ ރަގަޅަށް
އ އިދުރީސް
އެމްޕީއެލްގެ އާ ސީއޯއާއި އެކު ތަފާތު ފެންނަން ފަށިއިފި

ގުޅުންހުރި

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

211

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 10 މީހަކު ހައްޔަރުކޮށްފި

112

ހުވާކުރުމުގެ ރަސްމިއްޔާތު މިރޭ، ޝަހީދު ނަން ނަގައިފި

TTH_advertisement ELL Mobile Advertisement