ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިނިސްޓަރު އަމީންގެ އިތުބާރު ނެތް ކަމަށް އެމްޑީޕީން ހުށަހަޅައިފި

389
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން — ފޮޓޯ: ސަން

ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީންގެ އިތުބާރުނެތް ކަމުގެ މައްސަލައެއް އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ ޕާޓީން މިކަން ހާމަކުރީ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ބައްދަލުވުމުގައި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ނާޒިލް ވިދާޅުވީ މިއަދު އެ މައްސަލަ ހުށަހެޅީ އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު ކަމަށެވެ.

އެ މައްސަލަ ހުށަހެޅި ސަބަބުތަކުގެ ތެރޭގައި މިނިސްޓަރު އަމީންގެ ގޭގެ ސީސީޓީވީ ފްޓޭޖް ފުލުހުންނަށް ދީފައިނުވުން ހިމެނެއެވެ. ނަމަވެސް އަމީންގެ ގެއިން ބުނެފައި ވަނީ އެގޭގައި ހުރި ކެމެރާތައް ވަނީ ހަލާކުވެފައި ކަމަށެވެ. ފުލުހުން ވެސް ވަނީ އެކަން ކަށަވަރުކޮށްފައެވެ.

މާލޭގެ ގެއެއްގެ މަތިން ޒުވާނަކު ވެއްޓުނު ހާދިސާއާ މިނިސްޓަރު އަމީނާ ގުޅުވައި އިދިކޮޅު އެމްޑީޕީން ދައްކަނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ޕީއެންސީގެ މަޖިލިސް މެންބަރުން އަންނަނީ ބުނަމުންނެވެ. އެގޮތުން އެ ހާދިސާ ހިނގި ރޭ އަމީން ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

އ އެޕާޓު
މިހާރު އަމީން ކޮންކަމެއްކޮގެންނޯ. އެމްޑީޕީވެސް ޒިންމާދާރުވެބަލަ ނިކަން.

ގުޅުންހުރި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން

87

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު: އަމީން

minister ameen

ސިޔާސަތަކީ ހުރިހައި އެއާޕޯޓުތަކެއް ދިވެހި ކުންފުނިތަކުން ހިންގުން: އަމީން

ހެލިކޮޕްޓަރު ހިދުމަތަށް ދޭނެ ފަރާތެއް ހޯދަން ހުޅުވާލައިފި