ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެކި ދާއިރާތަކުން ކުރިއެރުންތައް ހޯދުމަށް އިސްލާމީ ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަށް ރައީސް ގޮވާލައްވައިފި

އިސްލާމީ ޤައުމުތަކުގެ މެދުގައި އެއްބައިވަންތަކަން އިތުރުކޮށް، އެކި ދާއިރާތަކުން ކުރިއެރުން ހޯދުމަށް ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ.

އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާ (އައިއައިޔޫއެމް) އިން ރައީސުލްޖުމްހޫރިއްޔާއަށް އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު އެރުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްވި ޚިޠާބުގައި، އެމަނިކުފާނު މި ގޮވާލެއްވުން އިއްވެވިއެވެ. މި ޝަރަފަކީ ދިވެހިރާއްޖެއާއި މެލޭޝިއާ ގުޅިގެން އިސްލާމީ ޙަޟާރަތް ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކުގެ ރަމްޒެއްކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.

ތާރީޚީ ގޮތުން މުސްލިމް ޢިލްމުވެރިންގެ ޢިލްމީ އަދި ޢަމަލީ ޙިއްޞާ ފާހަގަކުރައްވަމުން، މިއަދު ދުނިޔެ ހޯދަމުންދާ ކުރިއެރުންތަކުގެ އަސާސަކީ އެ ބޭފުޅުންގެ މަސައްކަތްތައްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި އިސްލާމްދީނަކީ ދިރިއުޅުމުގެ މައިގަނޑު އަސާސްކަމާއި، އިސްލާމީ މުޖުތަމަޢުތަކުން ޢިލްމަށް ދެއްވާ އިސްކަން ތާރީޚުން ސާބިތުވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އިސްލާމީ މުޖުތަމަޢުތަކުގެ ކުރިއެރުމަށް ތަޢުލީމާއި އުމްރާނީ ތަރައްޤީއަށް ކުރެވުނު އިންވެސްޓްމަންޓްތައް ފާހަގަކުރައްވަމުން، މިއަދުގެ އިސްލާމީ ޤައުމުތަކުން މި ނަމޫނާ އާލާކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ކާބަފައިންގެ ޙިކުމަތްތެރި ބަސްފުޅެއް ނަންގަވަމުން، ކަނޑިއަށްވުރެ ގަލަމުގެ ބާރު ގަދަކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

Q

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ސަބަބުތައް ރައީސް ސާފުކޮށްދެއްވައިފި

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް