ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ރައީސް މެލޭޝިއާގެ ޓްވިން ޓަވަރަށް ޒިޔާރަތްކުރައްވާ އެތަން ބައްލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މެލޭޝިއާގެ ޕެޓްރޯނާސް ޓްވިން ޓަވަރަށް ރަސްމީ ޒިޔާރަތެއް ކުރައްވައިފިއެވެ.

މެލޭޝިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޓްވިން ޓަވަރަށް ވަޑައިގަތުމުން، ޕެޓްރޯނާސްގެ ނައިބު ރައީސް އެމަނިކުފާނަށް މަރުޙަބާ ދެންނެވިއެވެ.

ޒިޔާރަތުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ އިމާރާތުގެ މުހިންމު ތަންތަން ބައްލަވާލައްވާފައެވެ. އަދި ޕެޓްރޯނާސްގެ ފަރާތުން ވަނީ އެތަނުގެ އިންޖިނިއަރިންގ އަދި ފަންނީ ދާއިރާއާ ގުޅޭ ގިިނަ މަޢުލޫމާތުތަކެއް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

ޕެޓްރޯނާސް ޓްވިން ޓަވަރަކީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ހުންނަ، ދުނިޔޭގެ އެންމެ އުސް އިމާރާތްތަކުގެ ތެރޭގައި ހިމެނޭ، 452 މީޓަރުގެ އުސްމިނެއް ހުރި އިމާރާތެކެވެ. މެލޭޝިއާގެ ޤައުމީ ރަމްޒެއްގެ ގޮތުގައި ބެލެވޭ މި އިމާރާތުގެ ޕްލޭނިންގ މަސައްކަތް ފެށުނީ 1992 ވަނަ އަހަރުގެ ޖަނަވަރީ މަހުގައެވެ. އަދި 1993 ވަނަ އަހަރުގެ މާރިޗު މަހު ވަނީ ޢަމަލީ މަސައްކަތް ފަށާފައެވެ. މި އިމާރާތް އެއްކޮށް ނިންމައި ރަސްމީކޮށް ހުޅުވުނީ 1999 ވަނަ އަހަރުގެ އޯގަސްޓު މަހުގައެވެ.

2004 ވަނަ އަހަރާ ހަމައަށް މިއީ ދުނިޔޭގެ އެންމެ އުސް އިމާރާތުގެ މަޤާމު ދެމެހެއްޓި އިމާރާތެވެ. އެއް ފަރުމާއަކކަށް ހުރި ދެ އިމާރާތް ގުޅުވައިދެނީ ސްކައި ބްރިޖަކުންނެވެ. މި ސްކައި ބްރިޖަކީވެސް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާ ތަނެކެވެ.

މި އިމާރާތުގެ ފަރުމާއިން އިސްލާމީ މަޢުމާރީ ވައްޓަފާޅިއާއި މެލޭޝިއާގެ ސަގާފަތް ރަމްޒުކޮށްދެއެވެ. އަދި މިއީ މެލޭޝިއާއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މެދުގައިވެސް އެންމެ މަޤުބޫލު އެއް މަންޒިލެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަޖިލީހުގެ 20 އިންސައްތަ ގޮނޑި އަންހެނުންނާއި ޒުވާނުންނަށް ޚާއްސަކުރަން ރައީސް ތާއީދު

Q

ބޮޑު ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވާ ސަބަބުތައް ރައީސް ސާފުކޮށްދެއްވައިފި

އަންނަމަހު ގިރާވަރުފަޅު ހިއްކާ ނިންމައި، ޖޫންމަހު ގޯތިދޫކުރަން ފަށާނެ

އައްޑޫއަށް ގެއްލުނީ ހިދުމަތުގެ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް