ކުއްލި ޚަބަރު

އިޖުތިމާއީ އެހީއަށް އެދުމަށް ޚާއްސަ ހެލްޕް ޑެސްކެއް ގާއިމްކޮށްފި

ދަތިހާލުގައި އުޅުނު ފެލިދޫ އާއިލާއަކަށް ހެޔޮއެދޭ ފަރާތްތަކެއްގެ ދީލަތި އެހީގައި ގެއެއް ބިނާކޮށްދީފި

އަބޫދާބީ ސަސްޓެއިނަބަލިޓީ ވީކުގައި ބައިވެރިވެވަޑައިގެންނެވުމަށް ޑރ. ޚަލީލް ޔޫއޭއީއަށް ވަޑައިގެންފި

ހަމްނާ އަނެއްކާވެސް ގައުމީ ރެކޯޑެއް އާކޮށްފި

ރާއްޖޭގެ އަންހެން ފެތުންތެރިޔާ ހަމްނާ އަހުމަދު ގައުމީ ރެކޯޑެއް އާކޮށްފިއެވެ.

ހަމްނާ މި ރެކޯޑު އާކޮށްފައިވަނީ ހަންގޭރީގައި މިހާރު ކުރިއަށްދާ އެގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނެވެ.

އޭނާ ގައުމީ ރެކޯޑު އާކޮށްފައިވަނީ އަންހެނުންގެ ލޯންގު ކޯސް 200 މީޓަރު ބްރެސްޓް ސްޓޮރޯކް އިވެންޓުންނެވެ.

ހަ އަހަރުވީ އަންހެނުންގެ ލޯންގް ކޯސް 200 މީޓަރު ބްރެސްޓް ސްޓްރޯކްގެ ގައުމީ ރެކޯޑު ހަމްނާ އާކޮށްފައިވަނީ 3:3:69 އިން ރޭސް ނިންމައިގެންނެވެ.

މި ރެކޯޑު މީގެ ކުރިން އޮތީ އައިޝަތު ސާޖިނާ އަތުގައެވެ. އެއީ 2019 ވަނަ އަހަރު ބޭއްވި 18 ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނެވެ. އެފަހަރު ސާޖިނާ ރޭސް ނިންމާފައިވަނީ 3:04:53 އިން ޜޭސް ނިންމައިގެންނެވެ.

ފެތުމުގެ އަންހެނުންގެ ގިނަ ރެކޯޑު ތަކެއް އާކުރަމުންއަންނަ ހަމްނާ ވަނީ މީގެ ކުރިން ހަންގޭރީގައި ކުރިއަށްދާ އެގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްގައި ނުވަ އަހަރުވީ ގައުމީ ރެކޯޑެއްވެސް އާކޮށްފައެވެ. ހަމްނާ އާކޮށްފައިވަނީ އަންހެނުންގެ ލޯންގް ކޯސް 100 މީޓަރު ބްރެސްޓް ސްޓްރޯކް އިވެންޓުގެ ގައުމީ ރެކޯޑް އާކޮށްފައެވެ.

މި އިވެންޓުގެ ގައުމީ ރެކޯޑްވެސް ކުރިން އޮތީ ސާޖިނާ އަތުގައެވެ. ސާޖިނާ އެ ރެކޯޑް އާކޮށްފައިވަނީ 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން އެކުއަޓިކްސް ޗެމްޕިއަންޝިޕްގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

އިންޓަރ ސްކޫލް ފެތުމުގެ މުބާރާތް ފަށައިފި

ގައުމީ ސްވިމިންގ ޓީމުގެ ހުނަރު ތަރައްގީ ކުރަން ބީއެމްއެލް އިން އެހީވަނީ

TTH_advertisement