ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާއިދަށް އަމަލުކުރޭތޯ ބަލަނީ

20e

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގަވާއިދާ އެއްގޮތަށް އަމަލު ކުރަމުން ދޭތޯ ކަށަވަރު ކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން އެކުލަވާލައިފައިވާ ޓާސްކްފޯސްއަކުން އިންސްޕެކްޝަންތަކެއް ހިންގަން ފަށައިފިއެވެ.

އެ ގަވާއިދު ގެޒެޓްކުރީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ.

ޓާސްކްފޯސްއިން މިމަހުގެ 20، ގައި އިންސްޕެކްޝަންތައް ހިންގަން ފަށާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަނުން ބުންޏެވެ.

ދުންފަތުގެ ބާވަތްތައް ރާއްޖޭގައި ގަނޑުކޮށް ނުވަތަ ވަކިވަކިން ވިއްކޭނީ 5،000ރ. ގެ ހުއްދައެއް ހޯދައިގެން ކަމަށް އެ ގަވާއިދުގައިވެއެވެ. އެ ހުއްދަ ދޫކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެ މުއްދަތު ހަމަވުމުގެ 60 ދުވަސް ކުރިން ހުއްދަ އާކުރަން ހުށަހަޅަން ޖެހެ އެވެ. ހުއްދަ އާ ކުރެވެނީ ވެސް 5،000ރ. ދެއްކުމުންނެވެ.

ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކާނަމަ ފުރަތަމަ ފަހަރު 50،000ރ. އިން އަދި ދެވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000ރ. އިން ޖޫރިމަނާ ކުރަން ގަވާއިދުގައި ވަނީ ހިމަނާފައެވެ.

ދުންފަތުގެ ބާވަތްތައް އިމްޕޯޓް ކުރާ ވިޔަފާރިތަކުން 10،000ރ. ގެ ހުއްދައެއް ނަގަން ޖެހޭއިރު ދުންފަތުގެ ބާވަތްތައް ރީއެކްސްޕޯޓު ކުރާ ވިޔަފާރިތަކުން ވެސް ހުއްދަ ނެގުމަށް 10،000ރ. ދައްކަން ޖެހޭނެ ކަމަށް އެ ގަވާއިދުގައިވެއެވެ.

އޭގެ އިތުރުން، ކެފޭ ރެސްޓޯރަންޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަށް ކަނޑައަޅާ ހާއްސަ ސަރަހައްދު ނުވަތަ ސްމޯކިން ރޫމާއި އޭރިއާއަށް ވެސް ހާއްސަ ހުއްދައެއް ނެގުން ލާޒިމެވެ. އެ ހުއްދަ ލިބެނީ އަދި އާ ކުރެވޭނީ ވެސް 10،000ރ. އަށެވެ.

ހުއްދަ ނުނަގައި ދުންފަތުގެ ބާވަތްތައް ވިއްކާނަމަ ފުރަތަމަ ފަހަރު 50،000ރ. އިން އަދި ދެވަނަ ފަހަރުން ފެށިގެން ކޮންމެ ފަހަރަކު 100،000ރ. އިން ޖޫރިމަނާ ކުރާނެއެވެ. އަދި ދެވަނަ ފަހަރުން ފެށިގެން ހިލާފުވާ ކޮންމެ ފަހަރަކު ވިޔަފާރި ހުއްދަ ހަ މަސް ދުވަހަށް ހިފެހެއްޓުމަށް ގަވާއިދުގައި ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދުގެ ދަށުން ފިހާރަތަކުން ހުށަހަޅަން ޖެހޭ ރިޕޯޓު ގަވާއިދާ އެއްގޮތަށް ހުށަނާޅައިފިނަމަ 5،000ރ. އިން ޖޫރިމަނާކުރާނެއެވެ.

އަދި، ދުންފަތުގެ ބާވަތްތައް ވިއްކާ ތަންތަނުގައި އާންމުންނަށް ފެންނާނެ ގޮތަށް ދުންފަތުގެ ބާވަތްތައް ބެހެއްޓުން ވެސް އެ ގަވާއިދުގައި ވަނީ މަނާކޮށްފައެވެ.

އެ ގަވާއިދަށް އަމަލުކުރަން އެޗްޕީއޭ އިން އަންނަނީ އިލްތިމާސްކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

333434 d3125933 0

އާދަޔާ ޚިލާފަށް ހޫނުވާތީ މާބަނޑު މީހުންނާއި ތުއްތު ކުދިން ސަމާލުވާން އެދިއްޖެ

health ministry

މެލޭޝިއާގައި ޓީބީ ހަލުވިކަމާއެކު ފެތުރެމުންދާތީ ރާއްޖޭގައި ރިސްކް އެސެސްމަންޓެއް ހަދަން ފަށައިފި

66

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ކަމުގެ މަގާމަށް މީހަކު ހޯދަނީ

Amaan

ސަމާލުވޭ، ކުރިއަށް އޮތް ދެ ދުވަހު ވެސް މެދުރާއްޖެ ތެރޭގެ ރަށްތަކަށް ވަރަށް ބޮޑަށް ވައިނުސާފުވާނެ