ކުއްލި ޚަބަރު

ޑްރަގް އެތެރެ ކުރި މައްސަލައެއްގައި ޕާކިސްތާން މީހަކު އުމުރަށް ޖަލަށް

ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުން ހުރިހާ ރަށެއްގައި މާދަމާ އޮންނާނެ: އީސީ

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށްޓަކައި އަމިއްލަ ވިޔަފާރިތައް ކުރިއަރާ ދިއުން މުހިންމު: ސަޢީދު

399166 1ae4995d a

ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށްޓަކައި އަމިއްލަ ވިޔަފާރިތައް ކުރިއަރާ ދިއުން މުހިންމުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ސަޢީދު މިހެން ވިދާޅުވީ މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހިމްގެ ދައުވަތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ އިސްވެރިންނާއެކު  އެ ގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބޭއްވުނު ދިވެހިރާއްޖެ-މެލޭޝީޔާ ބިޒްނަސް ފޯރަމްގައެވެ.

ޤައުމުގެ ތަރައްޤީއާއި ކުރިއަރާ ދިއުމުގައި، ދިވެހިރާއްޖެ މިހާރު ވަނީ އުއްމީދީ ހާލަތެއްގައި ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ.

މީގެއިތުރުން  2040 ވަނަ އަހަރުގެ ކުރިން ތަރައްޤީވެފައިވާ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާ އެކު، ޚާއްޞަ މަގުޗާޓެއްގެ ދަށުން މަސައްކަތްތަކެއް ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ.

މި ލަނޑުދަނޑިއަށް ވާޞިލުވުމުގައި އަމިއްލަ ވިޔަފާރިތައް ކުރިއަރާ ދިއުން ވަރަށް މުހިއްމު ކަމަށްވެސް ފާހަގަކުރެއްވިއެވެ.

މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ވަނީ ރާއްޖޭގައި އިންވެސްޓްކުރުމަށް އެ ގައުމުގެ ވިޔަފާރިވެރިންގެ ކިބައިން މިއަދު އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Qw

ރައްޔިތުންނަށް ޚިދުމަތް ކުރަން މޫސާ އަލީ ޖަލީލް ހުންނަވާނީ ހޭވައްލާ ތައްޔާރަށް: ސައީދު

Izaam

ކުދި ވިޔަފާރިތަކާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަނީ

Izaam

ކުރިއަށްއޮތީ ކުދި ވިޔަފާރިތަކަށް ލުއި ލިބިގެންދާނެ ދުވަސްތަކެއް: ސައީދު

ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

TTH_advertisement