ކުއްލި ޚަބަރު

ފަސް މީހުންނާއެކު ދަތުރުކުރި ދޯންޏެއް ގެއްލިގެން ހޯދަނީ

ރިޔާސީ ކޮމިޝަނަށް އިތުރު ތިން މެންބަރުން އައްޔަންކުރައްވައިފި

އެމެރިކާއިން ޔަމަނުގެ ޖަލަކަށް ބޮންއަޅައި އެފްރިކާގެ 30 ހިޖުރަވެރިން މަރާލައިފި

މެލޭޝިއާގެ ވިޔަފާރިތަކުން ދިވެހިރާއްޖޭގެ ތަރައްޤީގައި ބައިވެރިވުމަށް ރައީސް ދަޢުވަތު ދެއްވައިފި

ދިވެހިރާއްޖޭގައި އުފެދިފައިވާ ވިޔަފާރީގެ އާ ފުރުޞަތުތަކުގެ ބޭނުން ހިފައި، ދިވެހިރާއްޖެއަކީ މިހާރަށް ވުރެ ވަރުގަދަ، ވިޔާފާރިތަކަށް ފަހި އަދި މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ހެދުމަށް ގެންގުޅޭ ތަސައްވުރުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދަޢުވަތު ދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ، އެމަނިކުފާނު މެލޭޝިއާއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ މޯލްޑިވްސް- މެލޭޝިއާ ބިޒްނަސް ފޯރަމް 2025 ގައި ތަޤުރީރުކުރައްވަމުންނެވެ.

މި ސަރުކާރުން ކުރިއަށްދަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދިނުމުގެ ޢަޒުމުގައިކަމުގެ ޔަޤީންކަން ދެއްވަމުން އެމަނިކުފާނު ވަނީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށާއި މުވައްސަސާތައް ހަރުދަނާކުރުމަށާއި ދިވެހި ޖަޒީރާތަކަށް ލިބިފައިވާ ވަޞީލަތްތަކުގެ ފުރިހަމަ ބޭނުން ހިފޭނޭ މަގުފަހިކުރުމަށް މި ސަރުކާރުން ވެވަޑައިގެންފައިވާ ވަޢުދުތަކަކީ އެމަނިކުފާނު ޚާއްޞަ އަހަންމިއްޔަތުކަން ދެއްވާ ކަންތައްތަކެއް ކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 75 އަހަރު ފުރޭ 2040 ވަނަ އަހަރާ ދިވެހިރާއްޖެ ބައްދަލުކުރާނީ ތަރައްޤީވެފައިވާ ޤައުމެއްގެ ގޮތުގައިކަމަށް ހެދުމަށް ކުރާ މަސައްކަތުގައި ބައިވެރިވުމަށް، މެލޭޝިއާގެ ވިޔަފާރިތަކަށް ދަޢުވަތުދެއްވާފައެވެ. ދިވެހިރާއްޖެއިން މި ތަސައްވަރުކުރާ ބަދަލަކީ އެކަނި ގެނެވޭނޭ ބަދަލެއް ނޫންކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، އެހީތެރިކަން ބޭނުންވާ ދާއިރާތަކުން އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިއަދުގެ ތަޤުރީރުގައި އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ޚާއްޞަ ސަރަޙައްދު (އީ.އީ.ޒެޑް) ގައި ވުނަކުރުމަށް ޝަޢުޤުވެރިކަން ހުރި ފަރާތްތަކަށް ހުޅުވިފައިވާ ފުރުޞަތުތައްވެސް ފާހަގަކުރައްވާފައެވެ. އަދި ދިވެހިރާއްޖެއިން ޝަޢުޤުވެރިވަނީ، ދެ ފަރާތަށްވެސް ފައިދާކުރަނިވި، އިތުބާރު ހިފޭ ފަދަ، ހަރުދަނާ ތަރައްޤީގެ ބައިވެރީން ހޯދުމަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި އިސްތިރާޖީ ފައިދާތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، ޖޯގްރަފީ ގޮތުން ރާއްޖެ އޮންނަނީ ކަނޑުދަތުރުފަތުރުގެ މުހިންމު ސަރަޙައްދެއްގައި ކަމަށް ވާތީ، ކަނޑުދަތުރުފަތުރާއި ކަނޑުދަތުރުފަތުރާ ގުޅުންހުރި ދާއިރާތަކުގައި ވުނަކުރެވިދާނޭ ކަމަށް ވިދާޅުވެފައެވެ. އަދި ދުނިޔެއަށް ނަން މަޝްހޫރު، ދިވެހި ފަތުރުވެރިކަމުގެ ދާއިރާގައި، ޚާއްޞަކޮށް އިކޯ-ޓޫރިޒަމުގެ ދާއިރާގައި ހުރި ފުރުޞަތުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.

އެމަނިކުފާނުގެ ތަޤުރީރު ނިންމަވާލެއްވީ، ދިވެހިން މިތިބީ، ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ ގޮތުގައްޔާއި ރާއްޖޭގެ މުސްތަޤުބަލާއި ތަމައްދުނުގެ ބައިވެރިންގެ ގޮތުގައި މެލޭޝިއާގެ ރައްޔިތުންނަށް މަރުޙަބާކިޔަން ތައްޔާރަށްކަމުގައި ހާމަކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

20e

ދުންފަތް ކޮންޓްރޯލް ކުރުމުގެ ގަވާއިދަށް އަމަލުކުރޭތޯ ބަލަނީ

399166 1ae4995d a

ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓުގައި ރާއްޖެ ހިމެނުމަށްޓަކައި އަމިއްލަ ވިޔަފާރިތައް ކުރިއަރާ ދިއުން މުހިންމު: ސަޢީދު

Whatsapp image 2025 04 28 at 10.13.17

ނަމާދަށް މަތިވެރިކުރުން ޕްރޮގުރާމް: މިއަހަރު މިހާތަނަށް 170 ސެޝަން ބާއްވައިފި

supreme-court

އަނަސްގެ މަރުގެ މައްސަލައިގައި ހިމެނޭ މީހުން ބަންދުން ދޫކުރީ ގާނޫނާ ހިލާފަށް ކަމަށް ހުކުމްކޮށްފި

Mulhiraajje
ELL Mobile Advertisement TTH_Advertisement