ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ސިޓީ ޕާކް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

Q23
STO_Ads
TTH_Ads
Advertisement

ގަލޮޅު ސިޓީ ޕާކް ތަރައްގީކުރާނެ ބަޔަކު ހޯދަން އިއުލާނުކޮށްފިއެވެ.

މިއަދު މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ވަނީ ގަލޮޅު ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ފޭސް 2 ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށެވެ. ސިޓީ ޕާކުގެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 8 ވަނަ ދުވަހު 9:00 އަށް އަގު ހުށަހަޅަންޖެހެއެވެ.

އެ ޕާކު ތަރައްގީ ކުރަން ނިންމާފައި ވަނީ ސްޕޯޓްސް އޭރިއާގައި ބެޑްމިންޓަން ކޯޓަކާއި 3އޮން3 ބާސްކެޓްބޯޅަ ކުޅޭނެ ކޯޓަކާ ވެސް އެކުއެވެ.

HajjCop_ads
Advertisement

ޕާރކް ތަރައްގީކޮށް ހުޅުވާއިރު އައުޓްޑޯ ޖިމާއި ޖޮގިން ޓްރެކެއް ވެސް ޕާކުގައި ހުންނާނެ އެވެ. އަދި އަންހެނުންނާއި ފިރިހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފާޚާނާ ވެސް ހުންނާނެ ކަމަށް ސިޓީ ކައުންސިލުން މައުލޫމާތުދެއެވެ.

ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމާ ގުޅުވައިގެން  “ލެޑް ޕާކް” ގެ ނަމުގައި އެ ޕާކު ހުޅުވި އެވެ. ނަމަވެސް ފަހުން އެތަން ނުބެލެހެއްޓި ވަނީ ވީރާނާވެފައެވެ.

MWSC_ads
Advertisement
STO_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

66

ސިޓީ ޕާކް ތަރައްގީކުރުމުގެ މަސައްކަތް އޮކްޓޯބަރު މަހަށް ނިންމަނީ