ކުއްލި ޚަބަރު

އެމްއެމްއޭގެ ތަމްވީލް އިމްޕެކްޓް ޕިޗް ޗެލެންޖް: 100،000 ރުފިޔާއާ ހަމައަށް އިސްލާމިކް ފައިނޭންސް ފަންޑިންގ

މަގުތަކުގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަނީ

ކައްދޫގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެ

ޔުނިވާސަލް ފައުންޑޭޝަންގެ ހިންގުންތެރިންނާ މިނިސްޓަރު ބައްދަލުކުރައްވައިފި

023k

މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާއިލް ޝަފީޢު އަދި ސްޓޭޓް މިނިސްޓަރ އަޙްމަދު މުޙައްމަދު މިއަދު ޔުނިވާސަލް ފައުންޑޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން ބޭއްވުނީ އެޑިޔުކޭޝަން މިނިސްޓްރީގައެވެ.

މި ބައްދަލުވުމުގައި ދެ ފަރާތުން ގުޅިގެން ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ކުރިއަށް އޮތް ތަނުގައި ދެފަރާތުން ގުޅިގެން ހިންގޭނެ ޕްރޮގްރާމްތަކާއި މަޝްރޫޢުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ޑރ، އިސްމާއީލް ޝަފީއު މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތްފަހުން ތައުލީމީ ދާއިރާގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރައްވަމުންނެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވީ މި ވެބްސައިޓަކީ 2012 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި ކުރީގެ ވެބްސައިޓް އަލުން ފަރުމާކުރުމަށްފަހު، ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ ވެބްސައިޓެއްކަމަށެވެ. އަދި ވެބްސައިޓް މެދުވެރިކޮށް ދިވެހިރާއްޖޭގެ ސްކޫލްތަކުގެ މައުލޫމާތު ލިބޭނެކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވިއެވެ. މިގޮތުން ކޮންމެ ސްކޫލަކަށް ހާއްސަ ވެބް ޕޭޖެއް ފަރުމާކޮށްފައިވާއިރު، އެ ވެބް ޕޭޖުން، ސްކޫލުތަކުގެ ތާރީހުގެ އިތުރުން ދަރިވަރުންނާއި މުދައްރިސުންގެ އަދަދު ފަދަ މުހިއްމު މައުލޫމާތުތައް ފެންނަން ހުންނާނެކަމަށް ތައުލީމީ ވުޒާރާއިން ވިދާޅުވެއެވެ. މީގެއިތުރުން މި ވެބްސައިޓް މެދުވެރިކޮށް، މިނިސްޓްރީން ދެމުންގެންދާ ހިދުމަތްތަކުގެ މައުލޫމާތު ފަސޭހަކަމާއެކު ފޯރުކޮށްދެވި، އޮންލައިން މުއާމަލާތްތައް ފަސޭހަކަމާއެކު ކުރެވޭނެކަމަށްވެސް ތައުލީމީ ވުޒާރާއިން ވިދާޅުވެއެވެ.

ރައްޔިތުންނަށް ފަސޭހަކަމާއެކު މުހިންމު މައުލޫމާތުތަކެއް ލިބިގެންދާނެ ގޮތަށް ފަރުމާކޮށްފައިވާ އެޑިޔުކޭޝަން މިނިސްޓްރީގެ އާ ވެބްސައިޓް ވެސް މި އަހަރު ވަނީ އިފްތިތާހުކޮށްފައެވެ. އެގޮތުން، މިނިސްޓްރީގެ ތާރީހް އަދި ކުރިން ވަޒީރުކަން ކުރެއްވި ބޭފުޅުންގެ މައުލޫމާތު މި ވެބްސައިޓުން ފެންނަން ހުންނާނެއެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި މި ވެބްސައިޓް އިތުރަށް ތަރައްގީކޮށް، މަޢުލޫމާތު މުއްސަނދި ވެބްސައިޓަކަށް ހެދުމުގެ މަސައްކަތް ކުރިއަށްދާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތައުލީމީ ވުޒާރާއިން ވިދާޅުވީ އައު ވެބްސައިޓް މެދުވެރިކޮށް މިނިސްޓްރީއާ ގުޅޭ ހަބަރާއި އިއުލާންތައް އަދި ސާކިއުލާ ފަދަ މައުލޫމާތުތައް ފަސޭހައިން ފެންނަން ހުންނާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަގުތަކުގައި ބޭނުން ނުކޮށް ދޫކޮށްލާފައިވާ އުޅަނދުތައް ނަގަނީ

ޙައްޖު ކޯޓާގެ ވަކި އިންސަތައެއް 65 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ކުރަނީ

masverin

މަސްވެރިންގެ ދަފްތަރުގައި ތިބި، ޝަރުތު ހަމަވާ 25 މަސްވެރިއަކަށް ލޯނު ދޫކޮށްފި

Dsc 6702 1 1068x712

ގެދޮރުވެރިޔާ 1000 އަށްވުރެ ގިނަ އެއްބަސްވުމުގައި ސޮއިކޮށްފި

TTH_advertisement ELL Mobile Advertisement