ކުއްލި ޚަބަރު

ބޮޑު ދެ އިންތިޚާބު އެކުގައި ބާއްވަން ސަރުކާރުން ތާއީދު ކުރަނީ ރައްޔިތުންނަށް ފައިދާވާނެތީ: ބަންޑާރަނައިބު

އަލިފާނުގެ ހާދިސާގައި ގެއްލުންވި އެޕާޓްމަންޓުތަކުގެ ނަރުދަމާ ހަފްތާއެއް ތެރޭ މަރާމާތުކުރަނީ

ބައިކިލޯއަށްވުރެ ގިނަ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފި

ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަރިވަރުން ގެންނަން ތައްޔާރުވާންޖެހޭ: ޑރ. ހައިދަރު

866

ދުނިޔޭގެ އެކި ކަންކޮޅުގެ ދަރިވަރުން ދިވެހިރާއްޖެއަށް މަތީ ތާޢުލީމު ހާޞިލުކުރުމަށް ގެންނަނަމަ، އަޅުގަނޑުމެން ވަރަށް ތައްޔާރުވާން ޖެހޭކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރު ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވާސިޓި (އެމްއެންޔޫ)ގެ 2025 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

“ދުނިޔޭގެ އެކިކަންކޮޅުތަކުން ދަރިވަރުން ގެންނަ ނަމަ، އަޅުގަނޑުމެން އެކަމަށް ވަރަށް ތައްޔާރުވާންޖެހޭ. ޚިދްމަތްތައް ޒަމާނީކޮށް، މިންގަނޑުތައް މަތިކުރަންޖެހޭ. އެކަމުން އަޅުގަނޑުމެންނަށް އައު ޚިޔާލުތަކާއި، ތާޒާ މަސްރަހުތަކާއި، އާލަމީ ގުޅުން ތަކަށް ފުރުސަތުލިބި، އަޅުގަނޑުމެންގެ އަމިއްލަ ވިސްނުމާއި ދެނެގަތުން އިތުރަށް މުއްސަނދިވެ ، އައު ނަޒަރިއްޔާތުތަކާއި ޚިޔާލާތުތަކަށް ލޯ ހުޅުވި ވިސްނުން ފުޅާވެގެންދާނެ”

މިނިސްޓަރ ޢަލީ ހައިދަރު ވަނީ ދަރިވަރުންނާއި މުޙާތަބުކުރައްވައި، ކުރިއަށް ދިޔުމުގައި ވިސްނުންތެރިކަމާއިއެކު ކަންކަން ޙާޞިލުކުރުމަށް އިސްކަންދިނުމަށާއި، ފުންކޮށް ވިސްނައި އަބަދުވެސް އޯގާތެރިވުމުގެ އިތުރުން އައުކަންކަން ދަސްކުރުމަށް އަޒުމް ކަނޑައެޅުމަށް އިލްތިމާސްކުރައްވައިފައެވެ.

“ކުރިޔަށްދިޔުމުގައި އަޅުގަނޑުގެ ނަސޭހަތަކީ ، ވިސްނުންތެރިކަން އިސްކުރުމާއެކު، ކަންތައްތައް ޙާޞިލުކުރުމަށް އިސްކަންދޭށޭ. ފުންކޮށްވިސްނާށޭ. އޯގާތެރިވާށޭ. ކަމަށްކަމޭހިތާށޭ. އަބަދުވެސް އައުކަންތައްތައް ދަސްކުރުމަށް، ތަޢުލީމު އިތުރަށް އުނގެނުމަށް އަޒުމު ކަނޑައަޅާށޭ. ޢިލްމުން ލިބުނު ހުޝިޔާރުކަމާއެކު އަމިއްލަނަފްސަށް ކުރާއިތުބާރު ގަދަކުރާށޭ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ނަޒާހަތްތެރިކަން އަބަދުވެސް ދަމަހައްޓާށޭ. އިސްނަގައި އަމިއްލަ ހަޔާތާއި ޤައުމުގެ ކުރިމަގު ބައްޓަންކުރުމުގައި ކުރިޔަށްދާން ލިބިފައިވާ ފުރުސަތު ގެ ބޭނުން އެންމެފުރިހަމަގޮތުގައި ހިފާށޭ”

މި ރަސްމިއްޔާތުގައި، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު، ޑރ. ޢަލީ ހައިދަރުގެ އިތުރުން ދިވެހިރާއްޖޭގެ ޤަޢުމީ ޔުނިވާސިޓި (އެމްއެންޔޫ)ގެ ޗާންސެލަރ، ޑރ. މަޙްމޫދު ޝައުޤީ އަދި ވައިސް ޗާންސެލަރ، ޑރ. އައިޝަތު ޝެހެނާޒް އާދަމް ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

2

ބޭރު ޤައުމުތަކުގައި ކިޔަވާ ދަރިވަރުންނަށް ދޫކުރާ ސްޓައިޕަންޑް މުރާޖަޢާ ކުރަނީ

451652 6d6c190a 2

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ޗީފް އެޑްވައިޒަރާ މިނިސްޓަރު ހައިދަރު ބައްދަލުކުރައްވައިފި

117

ނޭޝަނަލް ކެރިއާ ސާވިސްގެ އައްޑޫ ގޮފި ރަސްމީކޮށް ހުޅުވައިފި

minister haidar

އައިޔޫއެމްއަކީ އުނގެނުމާއި ދިރާސާކުރުމާއި ތަހުލީލުކުރުމުގައި ފަޚުރުވެރިވާ ޢިލްމީ މުއައްސަސާއެއް: ޑރ. ޙައިދަރު

TTH_advertisement