ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުން ބަލައި ފާސްކުރި ގެތަކުން ޔުމްނުގެ މައްސަލައާ ގުޅޭ އެއްވެސް އެއްޗެއް ނުފެނުނު!

fentonoy-s
އަންހެން މީހާ ވެއްޓުނު ހ. ފެންޓެނޯއީ — ފޮޓޯ: މުޅިރާއްޖެ

މިމަހުގެ 18 ވަނަ ދުވަހު އިމާރާތަކުން ގެއެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ބަލައި ފާސްކުރި ގެތަކުން އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބަލައި ފާސްކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ދިރިއުޅުއްވާ މއ. މާންދޫގޭގެ އިތުރުން ހ. ކަށިވެލި ގެއެވެ.

ފުލުހުން ބުނީ، އެ ގެތަކުން މައްސަލައާ ގުޅުން ހުރި އެއްވެސް އެއްޗެއް ފެނިފައި ނުވާ ކަމަށާއި ބަލައި ފާސްކޮށްފައިވަނީ މައްސަލައާ ގުޅުންހުރި ކަމަށް ތަހުގީގަށް ފާހަގަވެފައިވާ މީހުންނާ ގުޅުންހުރި ކަމަށް ތަންތަން ކަމަށެވެ.

ފުލުހުން ވަނީ ޔުމްނުއާއެކު، އެރޭ އިމާރާތުގެ ތެރޭގައި ހަރަކާތްތެރިވި ރައުދު ޒިލާލް ހައްޔަރުކޮށްފައެވެ. ކޯޓުން ވަނީ އޭނާ ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

ފުލުހުން ވަނީ ރައުދު ހިމެނޭގޮތަށް އެ މައްސަލައިގެ ކުރިން ޔުމްނުއާއެކު އުޅުނު މީހުންގެ ޕާސްޕޯޓު ވެސް ހިފަހައްޓައިފައެވެ. އެއީ ޖުމުލަ ނުވަ މީހެއްގެ ޕާސްޕޯޓެވެ.

އިތުރު ފަރުވާއަށް ސަރުކާރުގެ އެހީއާއެކު މިހާރު ޔުމްނު މެލޭޝިއާއަށް ފުރުވާލާފައިވާ އިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޔުމްނު ވެއްޓި މައްސަލައިގެ ތަހުގީގަށް ހާއްސަ ކޮމިޝަނެއް ވެސް އުފައްދަވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި