ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޒުވާނާ ވެއްޓުނު ރޭ މިނިސްޓަރު އަމީން ހުންނެވީ ރާއްޖެއިން ބޭރުގައި

389
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން — ފޮޓޯ: ސަން

ޒުވާން އަންހެނަކު އިމާރާތަކުން ވެއްޓުނު ހާދިސާ ހިނގި ރޭ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ހުންނެވި ރާއްޖެއިން ބޭރުގައިކަން އެނގިއްޖެއެވެ.

“މުޅިރާއްޖެ”އަށް އެނގިފައިވާގޮތުގައި އެރެއަކީ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ގަތަރުގެ ވެރިރަށް ދޯހާއިން އަމީން ރާއްޖެ ދަތުރުކުރެއްވި ރެ އެވެ.

އަމީން ދޯހާއަށް ވަޑައިގެންނެވީ އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) ގެ ފެސިލިޓޭޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުންނެވެ. އެ ކޮންފަރެންސްގައި އޭނާ ތަގުރީރު ވެސް ކުރެއްވިއެވެ.

އަމީނަށް ބޮޑުބޭ ކިޔާ ދެ ޒުވާނަކު ހިމެނޭހެން އަމީންގެ ގެކޮޅުގެ ޓެރަރުގައި އެރޭ ޕާޓީއެއް ބޭއްވި ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަމަވެސް އެއީ އަމީނާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަން މިހާރު މި އަންނަނީ ހާމަވަމުންނެވެ.

ފުލުހުން ނޫސްވެރިންގެ ބައްދަލުވުން ބޭއްވި ދުވަހު މިނިސްޓަރު އަމީން އޭރުގެ ސީޕީ އަލީ ޝުޖާއުއަށް ގުޅުއްވި ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އޭނާ ވިދާޅުވީ، ސީޕީއަށް ގުޅުއްވީ ކޯޓު އަމުރަކާ ނުލައި ވެސް އެގެއަށް ވަދެ ބޭނުންތަކެއް ބަލައިފާސްކުރެވޭނެ ކަމުގެ ޔަގީންކަން އެރުވުމުގެ ގޮތުން ކަމަށެވެ.

މިނިސްޓަރު އަމީން ވަނީ އެ މައްސަލާގައި އޭނާ އިސްތިއުފާދެއްވަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

ޒުވާނުން ބާއްވާ މުޒާހަރާގައި މިނިސްޓަރު އަމީންގެ އިސްތިއުފާއަށް ގޮވަމުން ދަނީ އިދިކޮޅު ފަރާތްތަކުގެ ނުފޫޒުން އަސްލެއް ދޮގު އިލްޒާމު އެޅުވުމަށްފަހު ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މިއަދު ވިދާޅުވީ ޒުވާނުންގެ މުޒާހަރާ އިން ސިޔާސީ ފައިދާ ނަގަން އިދިކޮޅު އެމްޑީޕީން އުޅޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

minister ameen

ޖޫންގެ ކުރީން ހުރިހާ އަތޮޅަކަށް އާރުޓީއެލް ފެރީގެ ޚިދުމަތް ފެށޭނެ: އަމީން

87

ލޯކަލް ޓޫރިޒަމް ކުރިއަރުވަން ސީޕްލޭންގެ ޚިދުމަތް މުހިންމު: އަމީން

minister ameen

ސިޔާސަތަކީ ހުރިހައި އެއާޕޯޓުތަކެއް ދިވެހި ކުންފުނިތަކުން ހިންގުން: އަމީން

ހެލިކޮޕްޓަރު ހިދުމަތަށް ދޭނެ ފަރާތެއް ހޯދަން ހުޅުވާލައިފި