ކުއްލި ޚަބަރު

މެލޭޝިއާއިން ރައީސަށް ހޫނު މަރުޙަބާއެއް

ވަގަށް އެތެރެކުރަން އުޅުނު 1300 އަށްވުރެ ގިނަ ސިނގިރޭޓު ކޭސް އަތުލައިގެންފި

އިންސާފު ޤާއިމުކުރުމުގައި ނުފޫޒެއްގެ ދަށު ނުވާނަން: ރައީސް

ހައިޕަރސޮނިކް ބެލިސްޓިކް މިސައިލް ހަމަލާ ކާމިޔާބުކަމަށް ހޫތީން އިއުލާންކޮށްފި

އިސްރާއީލު ސިފައިންގެ ބޭސްއަށް މިއަދު ދިން މިސައިލް ހަމަލާ، އޭގެ އަމާޒަށް ކާމިޔާބު ކަމާއެކު ވާސިލްވި ކަމަށް، ޔަމަނުގެ ހޫތީން ބުނެފިއެވެ.

ހޫތީ އަސްކަރިއްޔާގެ ތަރުޖަމާނު ބްރިގޭޑިއަރ ޖެނެރަލް ޔަހްޔާ ސަރީ ވިދާޅުވީ، މިސައިލް ހަމަލާ އަމަޒުކުރީ އިސްރާއީލުގެ ދެކުނުގައި އޮންނަ ނެވަޓިމް އަސްކަރީ އެއަރ ބޭސްއަށް ކަމަށެވެ.
ހަމަލާ ދެވުނީ، ބާރަށް އުދުހޭ ހައިޕަރސޮނިކް ބެލިސްޓިކް މިސައިލުން ކަމަށްވެސް ޔަހްޔާ ވިދާޅުވިއެވެ.

އިސްރާއީލާ ދިމާށް ހޫތީން މިސައިލް ފޮނުވާލުމާއެކު، އިސްރާއީލުގެ ދެކުނުގެ ހުރިހާ ހިސާބަކުން ނުރައްކަލުގެ އިންޒާރުގެ އަޑުތައް އިވިފައިވެއެވެ. އަދި ފަހުން އިސްރާއީލު ސިފައިން ބުނެފައިވަނީ، މިސައިލް އިސްރާއީލާ ހަމައަށް ފޯރުމުގެކުރިން ހަމަލާދީ ވައްޓާލާފައި ވާކަމަށެވެ.
އެކަމަކު، ހޫތީން މިސައިލް ހަމަލާގެ ސަބަބުން އަސްކަރީ ބޭހަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ މަންޒަރުތައް ފެންނަ ވީޑިއޯތައް އާންމުވެފައި ވެއެވެ.

މިއީ، ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި ނެވަޓިމް އަސްކަރީ އެއަރ ބޭސްއަށް ހުތީން ދިން ދެވަނަ ހަމަލާއެވެ.

ހައިޕަރސޮނިކް ބެލިސްޓިކް މިސައިލްއަކީ، އެމެރިކާއިން ދީފައި ހުންނަ ޒަމާނީ ދިފާއީ އައްޑަނައަށްވެސް މައިތިރި ނުކުރެވޭހާ ބާރު ސްޕީޑްގައި އުދުހޭ މިސައިލެކެވެ. މީގެކުރިން ހުތީން ފޮނުވާލި އެފަދަ ހުރިހާ މިސައިލެއް އަމާޒަށް ވާސިލްވެފައި ވެއެވެ.
ހޫތީންދޭ މިސައިލް ހަމަލާތަކާ ގުޅިގެން އިސްރާއީލު ސިފައިން އަބަދުވެސް ގެންދަނީ ދޮގު ހަދަމުންނެވެ.

ހޫތީން ވަރުގަދަ މިސައިލް ހަމަލާއެއްދީ، ތެލް އަވީވްގައި ހުންނަ އިސްރާއީލުގެ ޖާސޫސީ އިދާރާ މޮސާޑުގެ މައި މަރުކަޒު ގޮއްވާލުމުންވެސް ހެދީ ދޮގެވެ.

އެކަމަކު، އެމީހުން ހެދި ދޮގުތައް ފަޅާއެރީ، މޮސާޑް މުޅި ހެޑްކްއާޓަރުގައި އަލިފާން ރޯވެ އަނދާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވުމުންނެވެ. މެދުއިރުމަތީގައި ހުރިހާ ޖަރީމާތަކެއް ހިންގަން އިސްރާއީލަށް ވާގިވެރިވާ އެމެރިކާއިން މުޅި ޔަމަނަށް ކޮންމެ ރެއަކު ބޮންއަޅަމުން ގެންދަނީ ހުތީން ހުއްޓުވުމުގެ ނަމުގައެވެ.

އެކަމަކު، އެމެރިކާއަށް އެކަން ނުކުރެވި ދަނީ ފެއިލްވަމުންނެވެ. ހުތީން ނުހުއްޓުވިގެން އެމެރިކާ ސިފައިން މިހާރު ގެންދަނީ ޔަމަނުގެ އާންމުންނަށް ހަމަލާތައް އަމާޒުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

0 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Big mnabumer10taa9h368q9yt2m9

މެލޭޝިއާއިން ރައީސަށް ހޫނު މަރުޙަބާއެއް

ދެކުނު އެފްރިކާގެ ފްރީޑަމް ޑޭގެ ތަހުނިޔާ ރައީސް ފޮނުއްވައިފި

މައްކާ ރޫޓް އިނީޝިއޭޓިވް ގައި، ރާއްޖެ ހިމަނައިދޭން އެދިއްޖެ

Q23

ސިޓީ ޕާކް ތަރައްގީކޮށްދޭނެ ބަޔަކު ހޯދަނީ

Mulhiraajje
ELL Mobile Advertisement TTH_Advertisement