ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޝުޖާއުގެ އިސްތިއުފާ، ރައީސް ގަބޫލުފުޅުކުރައްވައިފި

398305 d460c73f 8
ފުލުހުންގެ އަހަރީ ދުވަހުގެ ޖަލްސާއަށް ވަޑައިގެން، ރައީސް ޑރ. މުހައްމަދު މުއިއްޒު، ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއާ ސަލާމްކުރައްވަނީ — ފޮޓޯ: ރައީސް އޮފީސް

ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުގެ އިސްތިއުފާ، ރައީސް ޑރ. މުހައްމަދު މުއިއްޒު ގަބޫލުފުޅުކުރައްވައިފިއެވެ.

ކޮމިޝަނަރު ޝުޖާއު މަގާމުން އިސްތިއުފާދެއްވާފައި މިވަނީ، މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު، ހައްވާ ޔުމްނުގެ ހާދިސާއާ ގުޅިގެން ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު މަަގާމުގެ އިސްތިއުފާ ހުށަހެޅުއްވުމާ ގުޅިގެން ރައީސް އިސްތިއުފާ ގަބޫލުފުޅުކުރައްވާފައިވާ ކަމަށެވެ.

ޔުމްނު ވެއްޓުނު ހާދިސާއާ ގުޅިގެން ފުލުހުން އެކަށީގެންވާ، ހާމަކަން ބޮޑު ތަހުގީގެއް ނުހިންގާ ކަމަށް ބުނެ ޒުވާނުން މާލޭގައި ސިލްސިލާ މުޒާހަރާތަކެއް ކުރަމުންގެންދެއެވެ.

ނުވަވަނަ ފަންގިފިލާއިން ވެއްޓި ޔުމްނުއަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ އިރު، ސަރުކާރުގެ އެހީތެރިކަމާއެކު އޭނާ މެލޭޝިއާއަށް ފޮނުވުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިގޮތުން އެންސްޕާގެ އެހީތެރިކަން ހަމަޖެހިފައިވާ އިރު، ހާއްސަ ފްލައިޓެއް ޗާޓަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދެއެވެ.

ރައީސް މުއިއްޒު، ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ޝުޖާއު އައްޔަންކުރެއްވީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

ޝުޖާއު އެ މަގާމަށް އައްޔަންކުރެއްވި އިރު، ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައެވެ. ޝުޖާއު ވަނީ ޕޮލިސް އެކަޑަމީގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތްކުރައްވައި، ފުލުހުންގެ ހިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވައިފައެވެ.

ޝުޖާއު ވަނީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީން މާސްޓާ އޮފް މެނޭޖްމަންޓް ހާސިލުކުރައްވައިފައެވެ. އަދި ޝުޖާއު އަކީ އެމެރިކާގެ ޔުނިވާސިޓީ އޮފް ވާޖީނިއާއާ ގުޅިފައިވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގްރެޖުއޭޓެއް ވެސް މެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

DSC

ޕީއެންސީގެ ކެންޑިޑޭޓުން ނޫން ބަޔަކަށް ތާއީދެއް ނުކުރަން: ރައީސް

453750 70fcf7f4 c

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރަށް ބަދަހިކުރުމަށް ރައީސް އިލްތިމާސްކުރައްވައިފި

DSC

ރާއްޖޭގެ ކަނޑުން ބައެއް ދޫކޮށްލުމަކީ ޖިނާޔަތުގެ އެންމެ މަތީ ދަރަޖައިގެ ކުށެއް: ރައީސް

DSC

އައްޑޫ ކަރަންޓް މައްސަލައަށް އަންނަ އަހަރުގެ ޖުލައި މަހު ދާއިމީ ހައްލު ލިބޭނެ: ރައީސް