އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު، ދެ ބާވަތެއްގެ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވިކަން އެނގިއްޖެއެވެ.
ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި މިދިޔަ ހަފުތާގެ ހުކުރު ދުވަހު ފެނިފައިވަނީ ހައްވާ ޔުމްނު، 21އ، އެވެ. ޔުމްނުގެ ހާލު ސީރިއަސްވެފައިވާ އިރު، މަސްތުވާތަކެތީގެ ބައެއް ބާވަތްތަކަށް ޕޮޒިޓިވްކަން ފުލުހުން ވެސް މީގެ ކުރިން ވަނީ ބުނެފައެވެ.
“މުޅިރާއްޖެ”އަށް އެނގިފައިވާ ގޮތުގައި ރަލުގެ އިތުރުން މަސްތުވާތަކެތީގެ ދެ ބާވަތް ކަމަށްވާ ކެނަބިސް އާއި މެތަށް ވެސް ޔުމްނު ވަނީ ޕޮޒިޓިވްވެފައެވެ.
ޔުމްނު ވެއްޓުމުގެ ކުރިން އެ އިމާރާތުގައި އުޅުނު ރައުދު އަހުމަދު ޒިލާލް ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވް ވެފައެވެ. ފުލުހުން އިއްޔެ އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ފުލުހުން ކޯޓު އަމުރަށް އެދުނީ ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށްފައެވެ. އޭގެ އިތުރުން ޖިންސީ ގުޅުން ހިންގުމާއި މަސްތުގެ ހާލަތުގައި ހުރުމުން، އެ ކުށްތަކަށް ވެސް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.
ޔުމްނު ވެއްޓުނު މައްސަލައާ ގުޅިގެން ފުލުހުން ވަނީ އަށް މީހެއްގެ ޕާސްޕޯޓު ހިފަހައްޓައި، ޔުމްނު ހިމެނޭހެން ހަތް މީހެއްގެ ފޯނު ވެސް ހިފަހައްޓައިފައެވެ.
ފުރުން މަނާކޮށްފައިވާ މީހުން:
ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް