ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުރުން މަނާކުރި މީހަކު ފުރުވާލި ކަމަށްބުނެ ދައްކަނީ ދޮގު ވާހަކަތަކެއް: ފުލުހުން

fentonoy-s
އަންހެން މީހާ ވެއްޓުނު ހ. ފެންޓެނޯއީ — ފޮޓޯ: މުޅިރާއްޖެ

އިމާރާތެއްގެ މަތިން ގެއެއްގެ ފުރާޅުމައްޗަށް ވެއްޓުނު އަންހެން މީހާގެ މައްސަލައިގައި ފުރުން މަނާކޮށްފައިވާ މީހަކު ފުރުވާލާފައިވާ ކަމަށްބުނެ ދައްކަމުންދާ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ހެންވޭރުގައި ހުންނަ ގެއެއްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި މިދިޔަ ހަފުތާގެ ހުކުރު ދުވަހު ފެނިފައިވަނީ ހައްވާ ޔުމްނު، 21އ، އެވެ. އެ މައްސަލައިގައި ފުލުހުން އަށް މީހެއް ޕާސްޕޯޓު ހިފަހައްޓާފައިވީ ނަމަވެސް، އޭގެ ތެރެއިން އެކަކު މެލޭޝިއާއަށް ފުރުވާލާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރުވާލާފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު މައުލޫމާތެއް ކަމަށެވެ.

ފުރުން މަނާކޮށްފައިވާ މީހުން:

  • ރައުދު އަހުމަދު ޒިލާލް، ގ. އެރިއަދޫ
  • އާއިޝަތު ލަޔާލީ އިގުބާލު، ގ. ނޯތުބްރީޒް
  • އިޒުދިޔާން މުހައްމަދު މައުމޫން، މއ. މާންދޫގެދެކުނުގެ
  • ޔޫސުފް އަހުމަދު އަކްރަމް، މއ. މާންދޫގޭދެކުނުގެ
  • ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު، ހ. މީނާޒު
  • އާމިނަތު ޖުނެއިނާ ޖަމްޝީދު، މ. ތިލަފަޅު
  • ހުސެއިން ހަމީސް އަލީ، ނ. ވެލިދޫ، އަހި
  • އިޖާޖާ ޖާއިޒް، ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، އޭޕްރީލް

ފުލުހުން ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރެއިން، އިއްޔެގެ ވަގުތެއްގައި ރައުދު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އޭނާއަކީ ޔުމްނުއާއެކު އިމާރާތުގެ ތެރޭގައި އުޅުނު މީހެކެވެ. ޔުމްނުއާއެކު ރައުދު ވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Photo 6296041277480438981 y

ބޯޓު ބަންޑުން ޖަހާލުން: ގެއްލިގެން ހޯދަމުންދިޔަ އެކެއްގެ ހަށިގަނޑު ފެނިއްޖެ

kulli khabaru

ޕޮލިސް ކޮމިޝަނަރު ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ފާސްކޮށްފި

އޮޕަރޭޝަން އަލިމަގު: 90 މީހަކު ހައްޔަރުކޮށްފި

Main 20251104

މަސްތުވާތަކެއްޗާއެކު ށ. އަތޮޅު ރިސޯޓަކުން މީހަކު ހައްޔަރުކޮށްފި