ކުއްލި ޚަބަރު

ޕާކިސްތާނުގައި ދިން ޓެރަރިސްޓް ހަމަލާ ދިވެހި ސަރުކާރުން އެންމެ ހަށުކަށި އިބާރާތުން ކުށްވެރިކޮށްފި

ނިއުމޯނިއާ ޖެހިގެން ގައިދީއަކު މަރުވެއްޖެ

ސަރުކާރަށް ބޭނުންވާ ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް އެކުލަވާލާ 3 ކޮމިޓީއެއްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އާންމުންނަށް ވަދެވޭ ގޮތަށް ޚާއްޞަ ނާސަރީއެއް ތަރައްޤީކުރުމަށް ސަރުކާރުން ނިންމައިފި

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ގަސް ހެއްދުމަށް ޚާއްޞަ ނާސަރީއެއް ތަރައްޤީކުރުމަށް ނިންމާފައެވެ. މި މަޝްރޫޢަކީ ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ހިންގޭ މަޝްރޫޢެކެވެ.

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކޮށް، ފެހިކަން އިތުރުކޮށް، މާޙައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ފެށިފައިވަނީ 2023 ވަނަ އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހު، ދުނިޔޭގެ ތިމާވެށީގެ ދުވަހުގައެވެ.

ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާގެ ޓީމެއް ވަނީ ޗައިނާއަށް ޒިޔާރަތްކޮށްފައެވެ. މި ދަތުރުގެ މަޤްޞަދަކީ ޗައިނާ ސަރުކާރުން ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި ޤާއިމުކުރާ ޒަމާނީ ނާސަރީއާ ގުޅޭގޮތުން މަޝްވަރާކުރުމެވެ. މީގެ އިތުރުން، ރާއްޖޭގައި ގަސް ހެއްދުމުގެ މަސައްކަތް އަވަސްކޮށް ފުޅާކުރުމަށްޓަކައި ނާސަރީއެއް ތަރައްޤީކުރުމުގެ މުހިންމުކަމާ މެދުވެސް މަޝްވަރާކުރެވުނެވެ.

މި ދަތުރުގައި ނާސަރީގެ ޑިޒައިނާއި، އިންދާނެ ގަސްތަކުގެ އިތުރުން، ސަރުކާރުން ފަށާފައިވާ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެންމެ ބޭނުންތެރި ގަސްތައް ހެއްދުމަށް ކުރަންޖެހޭ ކަންތައްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ނާސަރީ ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައެވެ. މިއީ 55,000 އަކަފޫޓަށްވުރެ ބޮޑު ސަރަޙައްދެކެވެ. މި ނާސަރީގައި މީޓިންގ ރޫމަކާއި ލެބޯޓަރީއެއް ހިމެނޭނެއެވެ.

މި ނާސަރީ ތަރައްޤީކުރެވޭނީ އާންމުންނަށް ފަސޭހައިން ޒިޔާރަތްކުރެވޭނެ ގޮތަށެވެ. އަދި މިއީ ހިތްގައިމު، ޖާގައިގެ ގޮތުން ތަނަވަސް ނާސަރީއަކަށް ވާނެކަމަށް ވުޒާރާއިން ވިދާޅުވެފައިވެއެވެ. ވުޒާރާގެ އަމާޒަކީ މި ނާސަރީގެ ޢަމަލީ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މާލޭ ސަރަހައްދުގައި ވައި ނުސާފުވެއްޖެ

Raees Muiz

ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓަށް އިޞްލާޙު ގެންނަވައިފި

“މަގޭ ސާފު ރާއްޖެ” މަހާސިންތާ ފަށައިފި

Main 20251107 185345

މޮސްޓް ޑިޒައަރަބަލް އައިލެންޓް ކެޓަގަރީން ދިވެހިރާއްޖެއަށް ބްރޮންޒް އެވޯޑް ލިބިއްޖެ

TTH_advertisement