ކުއްލި ޚަބަރު

އިސްރާއީލުގައި އަލް ޖަޒީރާ ޓީވީ ބަލާ އެންމެނާ ދެކޮޅަށް ފިޔަވަޅުއަޅަން ބެން ގްވީރް އަމުރުކޮށްފި

ތަހުޤީގު ކުރުމުގެ ވައްޓަފާޅިއަށް ބަދަލު ގެންނާނަން: ސީޕީ ނަވީން

ޤަވާއިދާ ޚިލާފަށް އުޅުނު 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި

ކުދި ވިޔަފާރިއާއި ސިނާޢީ މަސައްކަތްތަކަށް އައްޑޫ މީދޫއިން 25 ބިން ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފި

އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫ ސިޓީ މީދޫ އަވަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ސިނާޢީ މަސައްކަތްތަކަށް 25 ބިމެއް ކުއްޔަށް ދޫކުރުމަށް ހުޅުވާލައިފައެވެ. މި ބިންތަކުގެ ތެރޭގައި 1,000 އަކަފޫޓުން ފެށިގެން 12,310 އަކަފޫޓާ ހަމައަށް ހުރި ބިންތައް ހިމެނެއެވެ.

ކައުންސިލުން ކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މެއި މަހުގެ 7 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ބީލަމުގައި ރަޖިސްޓަރީވުމުގެ ފުރުޞަތު ދެވިފައިވެއެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓަރީކޮށްފައިވާ ފަރުދުންގެ ވިޔަފާރި، ކުންފުނި އަދި ޕާޓްނަރޝިޕްތަކަށެވެ.

ކުއްޔަށް ދޫކުރެވޭ ބިންތަކުގެ ތެރޭގައި ހިމެނެނީ:
– ސްވިމިންގ ޕޫލް ހެދުމަށް 1,000 އަކަފޫޓުގެ 2 ބިން
– އާންމު ވިޔަފާރި އަދި ރެސްޓޯރަންޓްތަކަށް ޚާއްޞަ ބިންތައް
– ސެލޫން އަދި ސަރވިސް ސެންޓަރުތަކަށް ޚާއްޞަ ބިންތައް
– ތެޔޮ ރައްކާކުރުމަށް 6,900 އަކަފޫޓުގެ ބިމެއް
– ކޮންސްޓްރަކްޝަން، ކާޕެންޓްރީ، ގައު އެޅުން، ހެވީ ވެހިކަލް ރެންޓަލް އަދި ވެއަރހައުސްތަކަށް 4,500 އަކަފޫޓަށްވުރެ ބޮޑު 5 ބިން (10,000 އަދި 12,000 އަކަފޫޓުގެ ބިންތައް ހިމެނޭގޮތަށް)
– ކުޅިވަރު އަދި މުނިފޫހިފިލުވުމުގެ މަރުކަޒެއް ހެދުމަށް ޚާއްޞަ ބިމެއް

ބީލަމުގައި ރަޖިސްޓަރީވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާނުގައި ހިމެނޭ މަޢުލަޢުލޫމާތު ފުރިހަމަކުރުމަށްފަހު [email protected] އަށް އީމެއިލް ކުރަންވާނެއެވެ. ބިންތައް ކުއްޔަށް ދިނުމަށް ބީލަން ހުޅުވާލުން އޮންނާނީ މެއި މަހުގެ 21 ވަނަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

މި އިޢުލާނާއެކު ކުއްޔަށް ދޫކުރެވޭ ބިންތަކުގެ ތަފްޞީލު، އޭރިއާ، ލޮޓް ނަންބަރު އަދި ކަމާގުޅޭ ޗާޓު ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

ގުޅުންހުރި

އިސްރާއީލުގައި އަލް ޖަޒީރާ ޓީވީ ބަލާ އެންމެނާ ދެކޮޅަށް ފިޔަވަޅުއަޅަން ބެން ގްވީރް އަމުރުކޮށްފި

މަގޭ ސާފު ރާއްޖެ ޤައުމީ މަހާސިންތާ އިފުތިތާޙުކޮށްފި

Mira

މީރާގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ނައިބު ރައީސްގެ އަރިހަށް ޗައިނާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ELL Mobile Advertisement TTH_advertisement