ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

މިސައިލުން ހަމަލާދީ ސާޅީހަށްވުރެ ގިނަ ހެވީ ވެހިކަލް ހަލާކުކޮށްލުމަށްފަހު ޒަޔަނިސްޓުން ބޮޑެތި ދޮގުތަކެއް ހަދައިފި

STO_Ads
TTH_Ads
Advertisement

އިސްރާއީލުން ވަރުގަދަ މިސައިލް ހަމަލާތަކެއްދީ ރޭގައި ޣައްޒާއިން ހަލާކުކޮށްލި ސާޅީހަށްވުރެ ގިނަ ހެވީ ވެހިކަލްތަކަކީ، 7 އޮކްޓޫބަރު 2023 ގައި ހަމާސްއިން އިސްރާއީލަށް ހަމަލާދިނުމަށް ބޭނުންކުރި ވެހިކަލްތަކެއް ކަމަށްބުނެ ޒަޔަނިސްޓުން ބޮޑެތި ދޮގުތަކެއް ހަދައިފިއެވެ.

ޣައްޒާގެ އުތުރަށް ރޭގައިދިން ވަރުގަދަ ހަމަލާތަކުގެ ތެރޭގައި، ޖަބަލިއާ ރެފިއުޖީ ކޭމްޕްގައި ހުންނަ މުނިސިޕަލްޓީ ގަރާޖަށްވެސް ވަރަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ދީފައި ވެއެވެ.
މި ހަމަލާތަކުގައި އެ ގަރާޒުގައި ހުރި ބުލްޑޯޒަރުތަކާއި، ހެވީ ވެހިކަލްތައް އެއްކޮށް ވަނީ ހަލާކުކޮށްލާފައެވެ. އެގޮތުން، އެ ހަމަލާގައި ސާޅީހަށްވުރެ ގިނަ ހެވީ ވެހިކަލް ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފައެވެ.

މި ހަމަލާގައި ވެހިކަލްތަކުގައި އަލިފާން ރޯވެފައިވާ މަންޒަރާއި، ލިބިފައިވާ ގެއްލުންތައް ފެންނަ ފޮޓޯތަކާއި ވީޑީއޯތައް އާންމުވެ، އެންމެން އެ ވާހަކަ ދައްކަން ފެށުމުން، ޒަޔަނިސްޓު އަސްކަރިއްޔާއިން ބަޔާނެއް ނެރެ ބުނެފައިވަނީ، އެ ވެހިކަލްތަކަކީ 7 އޮކްޓޫބަރު 2023 ގައި ހަމާސްއިން އިސްރާއީލަށް ހަމަލާދިނުމަށް ބޭނުންކުރި ވެހިކަލްތަކެއް ކަމަށެވެ. އެގޮތުން، އެއްވެސް ހެއްކެއް ދެއްކުމަކާނުލައި، ސާބިތު ނުހިފޭ ބޮޑެތި ދޮގުތައް ހަދައި ބަޔާނެއް ނެރެފައި ވެއެވެ.

HajjCop_ads
Advertisement

އެހެން ނަމަވެސް، ޣައްޒާގެ މީޑިއާ އޮފީހުން ބުނެފައިވަނީ، އެ ވެހިކަލްތަކަކީ، ހަމަލާތައް ހުއްޓާލުމަށް ވެވުނު އެއްބަސްވުމުގެ ދަށުން، މީގެ ހަފްތާތަކެއް ކުރިން ޣައްޒާއަށް އެތެރެކޮށްފައިވާ ވެހިކަލްތަކެއް ކަމަށެވެ. އަދި އެއީ، މިސްރުގެ ކުންފުންޏަކަށް ނިސްބަތްވާ ވެހިކަލްތަކެއް ކަމަށްވެސް ބުނެފައި ވެއެވެ.

އިސްރާއީލުން ބޮންއަޅައި ހަލާކުކޮށްލި ބުލްޑޯޒަރާއި، ހެވީ ވެހިކަލްތަކަކީ، އިސްރާއީލު ސިފައިން ބޮމާއި މިސައިލުން ދޭ ހަމަލާތަކަށްފަހު މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައާއި، ގާތައް ނަގައި މަރުވެފައިވާ މީހުންގެ ހަށިތައް ނަގައި، އަދި ޒަޚަމްވެފައިވާ މީހުން ސަލާމަތް ކުރުމާއި، މަގުތައް ހުޅުވުމުގެ މަސައްކަތުގައި ބޭނުންކުރަމުން އައި ވެހިކަލްތައް ކަމަށެވެ.

ޒަޔަނިސްޓުން މިސައިލް ހަމަލާދީ ހަލާކުކޮށްލި ވެހިކަލްތަކަކީ، ޣައްޒާގެ އުތުރުގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ރެއާ ހަމައަށް ބޭނުންކުރަން ހުރި ހަމައެކަނި ސާމާނުތައް ކަމަށް، ޣައްޒާ ސިވިލް ޑިފެންސުން ބުނެފައި ވެއެވެ. ޒަޔަނިސްޓުންގެ ހަމަލާތަކުގައި ވައްޓާލާ ގެތަކާއި އިމާރާތްތަކުގެ ދަށުވާ މީހުން ސަލާމަތް ކުރުމަށް މިހާރު ކުރަމުންދާ މަސައްކަތަށް ކުރިމަތިވި އިތުރު ޕްރެޝަރެކެވެ.

MPL_Ads
MWSC_ads
Ads_MTCC
Advertisement
MPL_Ads
STO_Ads
HajjCop_ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ޣައްޒާގައި ލޭއޮހޮރުވުންބޮޑު ރެއެއް، 4 އާއިލާއެއް އެއްކޮށް ވުޖޫދުން ފޮހެލައިފި

ހަމަލާތައް ހުއްޓާލައި އިސްތިއުމާރީ ސިފައިން ޣައްޒާއިން ނުފައިބާނަމަ ހަތިޔާރެއް ނުބަހައްޓާނަން: ހަމާސް

ރޭގައި އެކަނިވެސް ޣައްޒާއިން 6 މީހުން ޝަހީދުކޮށްލައިފި، ޣައްޒާގައި ޖަރީމާތަކެއް ހިންގާކަމަށް ހުޅަނގު ގަބޫލެއް ނުކުރޭ

ހަމާސްގެ ވެރިޔަކަށް ޑރ. ޚަލީލް އަލް ޙައްޔާ އިންތިޚާބު ކޮށްފި