ކުއްލި ޚަބަރު

އަތޮޅު ކައުންސިލްތައް އުވާލައި ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލިހަށް ހުށަހަޅައިފި

ސިނގިރޭޓް ވައްކަމާ ގުޅިގެން ބިދޭސީއަކު ހައްޔަރުކޮށްފި

މި ސަރުކާރުން އަންހެނުން ބާރުވެރިކުރުވުމަށް ފެށި މަސައްކަތްތަކުގެ ނަތީޖާ ފެންނަން ފަށައިފި: ވަޒީރު ޢާއިޝަތު ޝިހާމް

ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް %40 ނިމިއްޖެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ޖަނަވަރީ މަހު ކ. ގުޅީގެ ރައްޔިތުންނަށް ވެދެއްވި ވަޢުދާ އެއްގޮތަށް، އެރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ހަލުވި ދުވެއްޔެއްގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓް ކުރެވުނު ނަމަވެސް، ދިގު މުއްދަތަކަށް މަޑުޖެހިފައި އޮތް މަސައްކަތް މިހާރު ވަނީ އަލުން ފެށިފައެވެ.

އެމްޓީސީސީއާ ޙަވާލުކުރެވުނު މި މަޝްރޫޢުގެ ދަށުން 10.15 ހެކްޓަރުގެ ބިން ހިއްކައި، އެ ސަރަޙައްދު ޙިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. 8383 މިލިއަން ރުފިޔާގެ މި މަޝްރޫޢު 2023 ވަނަ އަހަރުގެ މާރިޗު މަހު އެމްޓީސީސީއާ ޙަވާލުކުރެވުނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޔަޤީންކަމާއެކު މަޝްރޫޢު އަލުން ފެށި، މިހާރު ވަނީ 40% ގެ މަސައްކަތް ނިމިފައެވެ. މިއީ ގުޅީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑު އިޖްތިމާޢީ މައްސަލައެއް ޙައްލުވެގެންދާނެކަމުގެ އުއްމީދެކެވެ.

ގުޅިއަކީ 9 ހެކްޓަރުގެ ކުޑަ ރަށަކަށްވެފައި، ބިމުގެ ދަތިކަން ބޮޑުވުމާއެކު، ފާއިތުވި 20 އަހަރެއްހާ ދުވަހު ގޯތި ދޫކުރެވިފައި ނުވެއެވެ. މި މަޝްރޫޢު ނިމުމުން، ގާތްގަނޑަކަށް 200 އެއްހާ ފަރުދުންނަށް ބޯހިޔާވަހިކަމުގެ ޙައްލު ލިބިގެންދާނެއެވެ. މީގެ އިތުރުން، ލޯކަލް ޓުއަރިޒަމްގެ ވިޔަފާރި ފުޅާވެ، ރަށުގެ އިޤްތިޞާދަށް ފާހަގަކުރެވޭ ކުރިއެރުމެއް ލިބޭނެކަމަށް ރައްޔިތުން އުއްމީދުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

މަންދޫ ޒުވާނުންގެ ފުޓްސަލް ދަނޑު ހުޅުވައިދެއްވައިފި

ސަރުކާރުގެ ފަރާތުން ގުޅީ ކައުންސިލަށް ހަނދާނީ ފިލައެއް އަރުވައިފި

ގުޅީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފި

ގުޅިއަށް 10 ހެކްޓަރުގެ ބޮޑު ބިމެއްް އުފައްދައިފި، ރައްޔިތުން ތިބީ އުފަލުން

TTH_advertisement