ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 704 ފްލެޓުގެ މަރާމާތުގެ މަސައްކަތާ އެފްޑީސީން ކުރިއަށް ގެންދަނީ

“ގެދޮރުވެރިކުރުން” މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 704 ފްލެޓުގެ އިމާރާތުގެ މަރާމާތުގެ މަސައްކަތް ހަވާލުވުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ނިންމައިފިއެވެ. މި ގޮތުން، އެފްޑީސީން ވަނީ މި ފްލެޓު އިމާރާތްތަކުގެ ޙާލަތު ދެނެގަތުމުގެ މަސައްކަތް ފަށައިގަނެފައެވެ.

އެފްޑީސީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި މަހުގެ 21 ވަނަ ދުވަހުން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި އިންސްޕެކްޝަންގެ މައިގަނޑު މަޤްޞަދަކީ އެފްޑީސީން މި އިމާރާތްތަކާ ޙަވާލުވުމުގެ ކުރިން ތަނުގެ ޙާލަތު ދެނެގަތުމެވެ. މި މަސައްކަތުގެ ތެރޭގައި، އިމާރާތުގެ ސްޓްރަކްޗަރއާއި، އާންމުން ބޭނުންކުރާ ސަރަޙައްދުތަކާއި އަދި މަރާމާތުކުރަންޖެހޭ ތަންތަން ފްލެޓްތަކަށް ވަކިވަކިން ގޮސް ސަރވޭކޮށް ދެނެގަތުން ހިމެނެއެވެ.

އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވެފައިވަނީ، މި އިންސްޕެކްޝަންގެ ސަބަބުން ފްލެޓްތަކުގައި މަރާމާތު ކުރަންޖެހޭ ސަރަޙައްދުތައް ފާހަގަކުރެވި، މިހާރުގެ ޙާލަތަށްވުރެ ފްލެޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ. އަދި މި ސްޓްރަކްޗަރަލް އެސެސްމެންޓުގެ މަސައްކަތްތައް ނިމެމުންދާ މިންވަރަކުން އާންމުންނަށް މަޢު މަޢުލޫމާތު ފޯރުކޮށްދެމުން ދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޗައިނާ އެގްޒިމް ބޭންކުގެ ލޯނުގެ އެހީގައި ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ މި 704 ފްލެޓުގެ މަސައްކަތް ކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ. މި ފްލެޓުތަކުގެ މަސައްކަތް ނިންމާ މީހުން ދިރިއުޅެން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. މިއީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސޯޝަލް ހައުސިންގއަށް ޚާއްޞަކޮށްގެން އެންމެފަހުން ދޫކޮށްފައިވާ ފްލެޓްތަކެވެ.

އެފްޑީސީން މިހާރު ދަނީ ބޯހިޔާވަހިކަމުގެ ބިޔަ ބޮޑެތި މަޝްރޫޢުތަކެއް ހިންގަމުންނެވެ. އެ ގޮތުން އެ ކުންފުނީގެ މިހާރުގެ އެންމެ ބޮޑު އަމާޒަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ފްލެޓުގެ މަސައްކަތް ނިންމުމެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

Oo

ބީއެމްއެލް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނޭ ސީއެމްއީސީގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތް ފަށައިފި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ