ކުއްލި ޚަބަރު

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 54 އަހަރަށް ޖަލަށް ހުކުމް ކޮށްފި!

މަސްޖިދުއްނަބަވީގެ އިމާމު ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

އަސްކަރިއްޔާއަށް ގެންނަ ތަރައްޤީއާމެދު ޤައުމީ ލޯބި ހުންނަ ކޮންމެ މީހަކުވެސް ފަޚުރުވެރިވާންޖެހޭނެ: ރައީސް

ފަތުރުވެރިކަމުގެ ދާއިރާއިން ލިބޭ އާމްދަނީ އިތުރުވެ، ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް

9377

އޭޕްރީލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު 16.1 އިންސައްތަ އިތުރުވެ، 100،000އަށް ވުރެ އިތުރުވެފައި ވާއިރު، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރު މަހު ކޮންމެ މަހަކު 200،000 ފަތުރުވެރިން ހަމަވާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ. މިކަމާއި ގުޅިގެން ދައުލަތުގެ އާމްދަނީއަށްވެސް ވަނީ ބޮޑު ކުރިއެރުމެއް އައިސްފައެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި 104،357 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި 89،865 ފަތުރުވެރިންނަށް ވުރެ 16.1 އިންސައްތަ އިތުރު މިންވަރެކެވެ.

މި މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެވްރެޖުކޮށް ދުވާލަކު 6،957 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރެ އެވެ. އެއީ ފަތުރުވެރިކަމުގެ ސީޒަނަށް އެންމެ ބާރުބޮޑު ދުވަސްވަރު ކަމަށްވާ ޑިސެމްބަރު އަދި ޖެނުއަރީގައި ހުރި މިންވަރަށް ވުރެ ވެސް އިތުރު އަދަދެކެވެ.

މި މަހުގެ 15އާ ހިސާބަށް މި އަހަރުގެ ތެރޭގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ނިސްބަތް ވަނީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައި 693،869 ފަތުރުވެރިންނަށް ވުރެ 6.2 އިންސައްތަ އިތުރުވެ، 736،775 ފަތުރުވެރިން ހަމަކޮށްފަ އެވެ. އެ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހަކު އެވްރެޖުކޮށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ހުރީ 7،017ގަ އެވެ.

މި އަހަރުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ނިސްބަތްވާ 10 ގައުމަކީ:

1. ޗައިނާ: 81،001 (11 އިންސައްތަ އިތުރު އަދަދެއް)

2. އިނގިރޭސިވިލާތް: 80،535 (10.9 އިންސައްތަ އިތުރު އަދަދެއް)

3. ރަޝިއާ: 76،243 (10.3 އިންސައްތަ އިތުރު އަދަދެއް)

4. އިޓަލީވިލާތް: 63،995 (8.7 އިންސައްތަ އިތުރު އަދަދެއް)

5. ޖަރުމަނުވިލާތް: 57،081 (7.7 އިންސައްތަ އިތުރު އަދަދެއް)

6. އިންޑިއާ: 36،941 (5 އިންސައްތަ އިތުރު އަދަދެއް)

7. ފަރެންސޭސިވިލާތް: 28،983 (3.9 އިންސައްތަ އިތުރު އަދަދެއް)

8. އެމެރިކާ: 23،720 (3.2 އިންސައްތަ އިތުރު އަދަދެއް)

9. ސިވިޓްޒަލެންޑް: 16،766 (2.3 އިންސައްތަ އިތުރު އަދަދެއް)

10. ޕޯލަންޑް: 14،184 (1.9 އިންސައްތަ އިތުރު އަދަދެއް)

މި އަހަރުގެ އެހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިން ޗުއްޓީ ހޭދަކުރި ތަންތަނަށް ބަލާއިރު:

• ރިސޯޓްތަކަށް: 516،174 (70.1 އިންސައްތަ މީހުން)

• ހޮޓާތަކަށް: 21،852 (3 އިންސައްތަ މީހުން)

• ގެސްޓްހައުސްތަކަށް: 179،878 (24.2 އިންސައްތަ މީހުން)

• ސަފާރީތަކަށް: 18،379 (2.5 އިންސައްތަ މީހުން)

2024 ވަނަ އަހަރުގެ ފެބުރުވަރީ މަހު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު، 2023 ވަނަ އަހަރުގެ ފެބްރުވަރީ މަހާ އަޅައިބަލާއިރު 22.2% އިންސައްތައިން އިތުރުވި ނަމަވެސް، މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު، ނިމިގެންދިޔަ އަހަރުގެ ފެބުރުވަރީ މަހާ އަޅައިބަލާއިރު މިވަނީ 1.5% އިންސައްތަ އިން ދަށްވެފައެވެ. އެގޮތުން، ފެބުރުވަރީ 2023 ގައި 177،915 ފަތުރުވެރިން، އަދި ފެބުރުވަރީ 2024 ގައި 217،392 ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާއިރު، މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 214،091 ފަތުރުވެރިންނެވެ. ފެބުރުވަރީ މަހު ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު 2024 ވަނަ އަހަރާ އަޅައިބަލާއިރު ދަށްވި ނަމަވެސް، އެ މަހުގެ ތެރޭގައި ފަތުރުވެރިން ދިވެހިރާއްޖޭގައި ހޭދަކުރި ރޭތަކުގެ ޢަދަދުވަނީ 2024 ވަނަ އަހަރުގެ ފެބުރުވަރީ މަހާ އަޅައިބަލާއިރު 0.6% އިން އިތުރުވެފައެވެ.

މި އަހަރުގެ ފުރަތަމަ ދެ މަހުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާޢަތަށް އައިސްފައިވާ ކުރިއެރުމާއެކު، ފަތުރުވެރިކަމާ ސީދާ ގުޅިފައިވާ އާމްދަނީތައްކަމުގައިވާ، ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުން ނަގާ ޓެކްސް ނުވަތަ ޓޫރިޒަމް ގުޑްސް އެންޑް ސަރވިސް ޓެކްސް (ޓީ.ޖީ.އެސް.ޓީ)، ގްރީން ޓެކްސް، ޑިޕާޗަރ ޓެކްސް، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ (އޭ.ޓީ.އެފް) ގެ ގޮތުގައި މިއަހަރުގެ ފެބުރުވަރީ އަދި މާޗް މަހު ދައުލަތަށް ލިބުނު އާމްދަނީ ވަނީ 3.3 ބިލިއަން ރުފިޔާއަށްވުރެ އިތުރުވެފައެވެ. އެގޮތުން، ނިމިގެންދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު، މި އާމްދަނީތަކުގެ ޖުމުލަ މިވަނީ 12.4% އިން އިތުރުވެފައެވެ.

ދައުލަތަށް ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި ކުރީގެ ސުންގަޑިތަކަށް ދައްކަންޖެހޭ އާމްދަނީ ހިމެނުމުގެ ފުރުސަތު އޮތް ނަމަވެސް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރާ ގޮތުގައި މަތީގައި ބަޔާންކޮށްފައިވާ ޓެކްސްތަކާއި ޓެކްސް ނޫން ފައިސާ ދައްކަންޖެހޭ ގިނަ ފަރާތްތަކަކީ ލަރޖް ޓެކްސް ޕޭޔަރ ކެޓަގަރީއަށް ނިސްބަތްވާ ފަރާތްތައްކަމުގައިވެފައި، އެ ފަރާތްތަކުން ސުންގަޑިއަށް ބަޔާން ހުށަހަޅައި ފައިސާ ދައްކާ މިންވަރު ނިސްބަތުން ބޮޑެވެ. ހަމައެހެންމެ، ޓެކްސް އަދި ޓެކްސް ނޫން ފައިސާ ދެއްކުމަށް ކަނޑައަޅާފައިވާ ސުންގަޑިތަކާހުރެ، ކޮންމެ މަހަކު ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދާއި ދިވެހިރާއްޖޭގައި ފަތުރުވެރިން ހޭދަކުރާ ރޭތަކުގެ ޢަދަދު، ދައުލަތުގެ އާމްދަނީން ރިފްލެކްޓްވާނީ ވިދިގެން އަންނަ މަހުގައެވެ.

މި އަހަރުގެ މާޗް މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ ޢަދަދު، ނިމިގެންދިޔަ އަހަރުގެ މާޗް މަހާ އަޅައިބަލާއިރު 4.8% އިތުރުވެފައިވާކަމަށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަރަންމަންޓް އިން ވަނީ ރިޕޯޓްކޮށްފައެވެ. އަދި ފަތުރުވެރިކަމުގެ ސިނާޢަތަށް މިއައި ކުރިއެރުން، މިހިނގާ އެޕްރީލް މަހު ދައުލަތަށް ބަލައިގަންނަ އާމްދަނީން ފެންނާނެކަމުގައި ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް
Inline Feedbacks
View all comments

ގުޅުންހުރި

Large 172456603054urak

ޝަމީމަށް ހަމަލާދިން މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތެއް ނުވި

addu-flat

15 ރަށެއްގައި ހައުސިން ޔުނިޓް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަނީ

ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ބާރަށް ކުރިއަށް %40 ނިމިއްޖެ

397949 6b57dad9 e

ދިވެހީންނަކީ އިސްވެ އެއްވެސް ބަޔަކާ ހަނގުރާމަކުރާނެ ބައެއް ނޫން: ގައްސާން

TTH Advertisement MTCC Advertisement