ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

މާލޭގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށް

Woe

މާލޭގެ މަގުތަކުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށް ލޯކަލް ގަވާމެންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނީ މިހާތަނަށް މަޖީދީމަގުގެ ކާނުތަކާއި ކަނބާ އައިސާރަނި ހިނގުމުގެ ކާނުތައް އެއްކޮށް ސާފުކޮށް ނިންމާލާފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޝަހީދު ޢަލީ ހިނގުމުގެ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މި މަސައްކަތް ފެށިފައިވަނީ މިދިޔަ މަހުގެ 8 ވަނަ ދުވަހު މަޖީދީ މަގުންނެވެ. މިއީ ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މާލޭގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވާ އުނދަގޫތައް ކުޑަކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

“މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ. މި މަސައްކަތް ނިމުމުން ވާރޭވެހި މާލޭގައި ފެންބޮޑުވާ މައްސަލައަށް ކޮންމެވެސްވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން،” އެ މިނިސްޓްރީން ބުންޏެވެ.

މި މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ވުޒާރާއިން މީގެކުރިން ވަނީ ހާމަކޮށްފައެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށްވެސް އެ ވުޒާރާއިން ވަނީ ބުނެފަައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

778

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ދުކުރާނެ އެންމެ ފަހު ދުވަހަކީ ބުދަ ދުވަސް

778

55 ކައުންސިލް އިދާރާގެ އިމާރާތް އަންނަ ޖުލައި މަހު ނިމޭނެ: މިނިސްޓްރީ

121

15 ރަށެއްގައި އާންމު ޚިދުމަތް ދޭ ޔުނިޓްތައް ގާއިމްކުރަން ނިންމައިފި

121

55 ކައުންސިލް އިމާރާތް އަޅަން މެލޭޝިޔާގެ ކުންފުންޏާއެކު ވި އެއްބަސްވުން ބާތިލްކޮށްފި

TTH_advertisement