ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސް މާލަކީ މިސްކިތްތަކުގެ އިމާމުން – ޑރ ޝަހީމް

ރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި ދީނީ ވަޙުދަތުގެ އެންމެ ބޮޑު އެއް ރައުސް މާލަކީ މިސްކިތްތަކުގެ އިމާމުންކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް މިއަދު ވަނީ އިސްލާމީ ޔުނިވާސިޓީން ދަސްވެނިވި އިމާމުންނާއި ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ ގިނަ އަދަދެއްގެ އިމާމުން ދަސްނެވިވެފައިވާތީ އެކަމާއި އުފާ ކުރައްވާކަމަށާއި އިމާމުން ހޯދި ފުރިހަމަ ކާމިޔާބީއަށް މަރުޙަބާ ކިޔުއްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އިމާމުން ވަނީ އެ ފަރާތްތަކަށް ދިމާވާ އެކި ދަތިތަކުގެ މަޢުލޫމާތު ވަޒީރާއި ހިއްސާ ކުރައްވާފައެވެ.

އެ ބައްދަލުވުމަށްފަހު ވަޒީރު ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިމާމުންނަކީ މަތީ ތަޢުލީމާއި ޒަމާނީ ތަމްރީނު ލިބިފައިވާ ބަޔަކަށް ހެދުމަކީ ވުޒާރާގެ އަޒުމެއްކަމަށާއި ނޭއްގާނީ ފިކުރުން މުޖުތަމަޢު ސަލާމަތް ކުރެވޭނީ ޢިލްމު އުނގަންނައިދީގެންކަމަށެވެ.

ވަޒީރު ވަނީ އިމާމުންނަށް ދިމާވާ ދަތިތަކަށް ޙައްލު ހޯދައިދެއްވާނެކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް