ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމިކް ޔުނިވަރސިޓީގެ އޮނަރަރީ ޑޮކްޓަރޭޓް ފަޟީލަތުއްޝައިޚް އިސްމާއިލް މުހައްމަދަށް އަރުވައިފި

Maldivian_Ads
STO_Ads
TTH_Ads
Advertisement

ދިވެހިރާއްޖޭގެ މަތީ ތަޢުލީމީ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ފަޟީލަތުއްޝައިޚް އިސްމާއިލް މުޙައްމަދަށް އަރުވައިފިއެވެ. މި ޝަރަފު އެމަނިކުފާނަށް އެރުވީ އެ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ދ. މީދޫއަށް އުފަން ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދުގެ ޢިލްމީ ދަތުރު ފެށިގެން ދިޔައީ ފ. މަގޫދޫއިންނެވެ. އޭގެފަހުން މާލޭގެ މަޖީދިއްޔާ ސްކޫލުން ތަޢުލީމު ޙާޞިލުކުރެއްވިއެވެ. އަދި ސަރުކާރުގެ ވުޒާރަތުއް ތިޖާރާ ވައްތަންމީނުގައި ޚިދުމަތްކުރެއްވުމާއެކު، މަޖީދިއްޔާ ސްކޫލާއި އަމީނިއްޔާ ސްކޫލުގައި މުދައްރިސެއްގެ ގޮތުގައިވެސް މަސައްކަތްކުރެއްވިއެވެ.

މަތީ ތަޢުލީމަށް އޮތް ޝައުޤުވެރިކަމާއެކު، އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަތީ އިންޑިއާގެ ޓެމިލްނާޑޫގެ ޖާމިޢާ ދާރުއްސަލާމަށެވެ. އޭގެފަހުން ޑިގްރީ ޙާޞިލުކުރެއްވުމަށް މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް ވަޑައިގަތެވެ. ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދަކީ މަދީނާގެ އިސްލާމިކް ޔުނިވަރސިޓީން ތަޢުލީމު ޙާޞިލުކުރެއްވި ފުރަތަމަ ދިވެހި ދަރިވަރެވެ.

HajjCop_ads
Advertisement

އެމަނިކުފާނުގެ އެހީތެރިކަމާއެކު، 100 އަށްވުރެ ގިނަ ދިވެހި ދަރިވަރުންނަށް ޕާކިސްތާނުގައި ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ލިބިފައިވެއެވެ. މީގެ ތެރޭގައި މިހާރު ރާއްޖޭގައި މަސައްކަތްކުރައްވަމުންދާ ގިނަ ދީނީ ޢިލްމުވެރިން ހިމެނެއެވެ.

މަދީނާ ޔުނިވަރސިޓީން އެނބުރި ވަޑައިގެން، ދިވެހި ކުދިންނަށް ޢަރަބި ބަހުން އިސްލާމްދީން އުނގަންނައިދިނުމަށް މަދްރަސާ ޠައިބާގެ ނަމުގައި މަދަރުސާއެއް އުފެއްދެވިއެވެ. މި މަދަރުސާ ވެގެންދިޔައީ މިއަދުގެ ގިނަ ޢިލްމުވެރިންގެ ފުރަތަމަ ޢިލްމީ ހިޔާވަހިކަމަށެވެ. ޤާޟީއެއްގެ ގޮތުގައި ޝަރަފުވެރި ޚިދުމަތްތަކެއް ކުރެއްވުމަށްފަހު، މާތްﷲ އަށް ބިރުވެތިވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، އެ މަޤާމުން ވަކިވެވަޑައިގަތެވެ.

މިހާތަނަށް 40 ފޮތް ޝާއިޢުކުރައްވާފައިވާއިރު، މިހާރުވެސް “އައް ތަފްސީރު މުޔައްސަރު” ގެ ދިވެހި ތަރުޖަމާ ލިޔުއްވަމުން ގެންދަވައެވެ. މީގެ 22 ފޮތެއްގެ މުރާޖަޢާ ނިންމަވައި، ދެބައިކުޅަ އެއްބައި ފޮތް ޗާޕުކުރުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން މިހާރުވަނީ ދެއްވާފައެވެ.

ޢިލްމު ފެތުރުއްވުމުގައި ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދު ވަނީ އަރުނަކަށްވުރެ ދިގު މުއްދަތެއްގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. އެމަނިކުފާނުގެ މި ފަދަ އަގުހުރި މަސައްކަތްތަކަށް ބައްލަވައި، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން އޮނަރަރީ ޑޮކްޓަރޭޓް އެރުވުމަކީ ޤައުމީ ފެންވަރުގައި އެމަނިކުފާނުގެ ޚިދުމަތްތައް ފާހަގަކޮށް، އ، އެކަމަށް ޝުކުރު އަދާކުރުމުގެ ގޮތުން ކުރެވުނު ކަމެކެވެ.

ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދުގެ ޢިލްމީ އަދި ތަޢުލީމީ ދާއިރާއަށް ކުރެއްވި ޚިދުމަތްތަކުގެ ތެރޭގައި، ދިވެހި ދަރިވަރުންނަށް ބޭރު ޤައުމުތަކުގައި ކިޔެވުމުގެ ފުރުޞަތު ހޯދައިދެއްވުމާއި، ރާއްޖޭގައި އިސްލާމީ ތަޢުލީމު ފެތުރުއްވުމަށް މަދަރުސާ ޤާއިމުކުރެއްވުމާއި، އަދި ދީނީ ފޮތްތައް ލިޔުއްވައި ޝާއިޢުކުރެއްވުން ހިމެނެއެވެ. މި ހުރިހާ މަސައްކަތްތަކަކީވެސް ދިވެހި މުޖުތަމަޢުގެ ދީނީ އަދި ޢިލްމީ ކުރިއެރުމަށް މަގުފަހިކޮށްދިން އަގުހުރި ޚިދުމަތްތަކެކެވެ.

Ads_MTCC
MPL_Ads
MWSC_ads
Advertisement
Maldivian_Ads
STO_Ads
MPL_Ads
Advertisement
MWSC_Ads
Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Eee538fc 6d2a 481c 91b4 8fbebff3935a

ރާއްޖެއަށް 1.5 ބިލިއަން ޑޮލަރުގެ ޓްރޭޑް ފައިނޭންސިންގ ފެސިލިޓީއެއް

kudakudhin

ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން، ޚާއްޞަ ކުޑަކުދިންގެ ހަވީރެއް ބާއްވައިފި

ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Igmh

ދުނިޔޭގެ ކުރިމަތީގައި ޤައުމުގެ އިތުބާރު ހިފެހެއްޓުމަށް ހަރުދަނާ ފުލުހުންގެ ޚިދުމަތެއް މުހިންމު: ރައީސް