ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެރިކަމަކީ ހެޔޮނިޔަތުގައި މަސައްކަތް ކުރާ މީހުންނަށް މާތްﷲ ދެއްވާއެއްޗެއް: ޝިޔާމް

ޮ3888
ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް — ފޮޓޯ: ޕީއެސްއެމް

ވެރިކަމަކީ ހެޔޮ ނިޔަތުގައި މަސައްކަތްކުރާ މީހުންނަށް މާތްﷲ ދެއްވާ އިނާމެއްކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޖަލްސާއެއްގައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

އެ ޖަލްސާގައި ޖަމީލް ވަނީ ރައީސް މުއިއްޒަށް ސުވަރުގެ ހަރާމްވާނެ ކަމަށް ދޭހަވާ ގޮތަށް ވާހަކަދައްކަވާފައެވެ.

“ވެރިކަމަކީ ހެޔޮނިޔަތާއެކު ގަދައަޅާ މަސައްކަތްކުރާ ބަޔަކަށް الله سبحانه وتعالى ދެއްވާ އެއްޗެއް. އަދި އަޅުގަނޑުމެން އުނގެނި ގަބޫލުކޮށްގެން މިތިބީ ހެޔޮ އަމަލު ކުރުންމަތީ ދެމި ތިބޭބަޔަކަށް ސުވަރުގެ ދެއްވަނީވެސް އެކަލާނގެ ކަމަށް. އެއީ ކަންމަތިތަކުން ނިންމާ ނިންމުންތަކެއް ނޫން. ތެދުމަގު ދައްކަވާށި،” މިނިސްޓަރު އަހްމަދު ޝިޔާމް

މިނިސްޓަރު ޝިޔާމް ވިދާޅުވީ މިފަދަ ވާހަކަތަކަކީ ސިޔާސީ ގޮތުން ވިޔަސް ހައްދުފަހަނައަޅާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި ކޮންމެ ރެޔަކު ނިދަން އޮށޯންނައިރު، 2023 ވަނަ އަހަރު ރައްޔިތުން އިންތިހާބުކުރި ވެރިޔަކީ ރައީސް މުއިއްޒުކަން ހަނދާންކޮށްލުން މުހިންމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Oo

ހުޅުމާލޭގައި ބޮޑު ކަންނެލި ޕްރޮސެސްކުރާ ކާރުޚާނާ އަޅައި މި އަހަރު ޚިދުމަތް ދޭން ފަށަނީ

shiyam minister

މެނިފެންސްޓޯ ތަންފީޒްކުރުމަށް މުހިންމީ ސަރުކާރަށް އެއްބާރުލުންދޭނެ ކައުންސިލްތަކެއް: ޝިޔާމް

66

ފިޔޯރީގައި ދަޅުމަސް ބަންދުކުރާ ކާރުޚާނާ ގާއިމްކުރުމުން ގދ. އަތޮޅުގެ މަސްވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ: ޝިޔާމް

990

މިނިސްޓަރު ޝިޔާމާ ބައްދަލުވުމުން ލިބުނީ ޕޮޒިިޓިވް ޖަވާބެއް، މަސްވެރިން ތިބީ އުފަލުން!