ކުއްލި ޚަބަރު

ކައުންސިލް އިންތިޚާބު: ސުންގަޑި ހަމަވިއިރު ޖުމްލަ 3،547 ފޯމު ހުށަހަޅާފައިވޭ

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ޒަޚަމްވި ދިވެހި ދަރިވަރުގެ ބޭސްފަރުވާގެ ޚަރަދުތައް ހަމަޖައްސަނީ ފްލައިން ސްކޫލުން

ފިލިޕީންސްގައި ޕައިލެޓް ތަމްރީނު ފުރިހަމަކުރަމުންދިޔަ ދިވެހި ދަރިވަރަކަށް ދިމާވި ނުރައްކާތެރި ހާދިސާއާ ގުޅިގެން އެއަރވޯކްސް އޭވިއޭޝަން އެކަޑެމީން މަޢުލޫމާތު ހާމަކޮށްފިއެވެ.

އެކަޑެމީގެ ފަރާތުން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ، ހދ. ހަނިމާދޫ، އަބްދުލް މާނިއު އަށް ދިމާވި މި ހާދިސާގައި އޭނާގެ މޫނާއި އަތުގެ އިތުރުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ ކަމަށެވެ. އަދި ޒަޚަމްވި ދަރިވަރުގެ ފަރުވާގެ އެންމެހައި ޚަރަދުތަކާއި އިންތިޒާމުތައް އެކަޑެމީން ހަމަޖައްސައިދެމުންދާ ކަމަށާއި، އޭނާއާއި އާއިލާއަށް ބޭނުންވާ އެހެނިހެން އެހީތެރިކަންވެސް ފޯރުކޮށްދެމުންދާ ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުން، އެކަޑެމީގެ ބަޔާނުގައި ވިދާޅުވެފައިވަނީ ދަރިވަރު ފުރިހަމައަށް ރަނގަޅުވެ، އާންމު ހާލަތަށް އެނބުރި އަންނަންދެން ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި މި ހާދިސާއާ ގުޅިގެން ތަޙްޤީޤު ކުރިއަށްދާތީ، އިތުރު ތަފްސީލު ހާމަކުރެވެން ނެތް ކަމަށްވެސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

އެކަޑެމީން އިތުރަށް ފާހަގަކޮށްފައިވަނީ، ދަރިވަރުންނާއި އިންސްޓްރަކްޓަރުންގެ ރައްކާތެރިކަމަށް އަބަދުވެސް އިސްކަންދޭ ކަމަށާއި، މި ހާދިސާއާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަކީ މިވަގުތު އެކަޑެމީގެ އެންމެ އިސް އަމާޒު ކަމުގައިވެސް ބަޔާންކޮށްފައިވެއެވެ.

ހާދިސާގެ ތަޙްޤީޤު އިންސާފުވެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، އެކަޑެމީގެ އޮޕަރޭޝަންތައް ތިން ދުވަހުގެ މުއްދަތަށް ހުއްޓާލާފައިވާ ކަމަށާއި، މި މުއްދަތުގައި ފިލިޕީންސްގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި ޕޮލިހުން ހާދިސާ ހިނގި ސަރަޙައްދު ބަލައި ފާސްކޮށްފައިވާ ކަމަށްވެސް އެކަޑެމީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

students

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕަށް ހުޅުވާލައިފި

Muizzu shaheed ali school

ފަރުޟް ފަސް ނަމާދު އަދާކުރުމަށް ހުރިހާ ލޮބުވެތި ދަރިވަރުންނަށް އިލްތިމާސްކުރަން: ރައީސް

students

ސްޓޫޑެންޓް ލޯނުގެ ގޮތުގައި މިދިޔަ އަހަރު 548 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ

darivarun

ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލައިފި، ޗުއްޓީގެ ބޭނުން ރަގަޅުގޮތުގައި ދަރިވަރުން ހިފަންވާނެ

TTH_advertisement