ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ވެކޭޝަންސް އެކްސްޕޯ 2025 ފަށައިފި

ހައިރައިސް ޕްރައިވެޓް ލިމިޓެޑުގެ އިސްނެގުމުގައި ބޭއްވޭ ވެކޭޝަންސް އެކްސްޕޯ 2025 ގެ ފެށުމުގެ ރަސްމިއްޔާތުތު ބާއްވައިފިއެވެ.

މި އެކްސްޕޯގެ ރަސްމީ އިފްތިތާޙު ކުރެއްވީ ތިމާވެށީގެ ވަޒީރު އަލްފާޟިލް ތޯރިގު އިބްރާހިމެވެ. 17 އޭޕްރީލުން 25 އޭޕްރީލުގެ ނިޔަލަށް ކުރިއަށްދާ މި އެކްސްޕޯއަކީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޗުއްޓީ ހ ހޭދަކުރަން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވޭ، ފުރިހަމަ މަޢުލޫމާތު ފޯރުކޮށްދޭ މުހިންމު އިވެންޓެކެވެ. މި އެކްސްޕޯގައި ބައިވެރިވާ ފަރާތްތަކުގެ ދަތުރުފަތުރުގެ ޕެކޭޖުތަކުގެ މަޢުލޫމާތުގެ އިތުރުން، ރާއްޖެއާއި ރާއްޖެއިން ބޭރަށް ދަތުރުކުރުމާ ގުޅޭ އަގުހުރި މަޢުލޫމާތު ލިބިގަނެވޭނެއެވެ. މިއަހަރުގެ އެކްސްޕޯގައި އެކި ދާއިރާތަކުން 40 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މި އެކްސްޕޯގައި ބައިވެރިވެފައިވާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

• ޓޫރިސްޓު ރިސޯޓުތަކާއި ގެސްޓްހައުސްތައް
• އެއަރލައިންތައް
• ދަތުރުފަތުރުގެ އޭޖެންޓުން
• ސަރުކާރުގެ އިދާރާތައް
• ބޭރު ޤައުމުތަކުގެ ސަފީރުން އޮފީސްތައް
• މޫދު ކުޅިވަރުގެ ވިޔަފާރިތައް
• ދިވެހިން އާންމުކޮށް ބޭސްފަރުވާއަށް ދާ ޤައުމުތަކުގެ ހޮސްޕިޓަލްތައް

ވޭތުވެދިޔަ އަހަރެކޭ އެއްފަދައިން، މިއަހަރުވެސް މި އެކްސްޕޯގެ މައި ސްޕޮންސަރަކީ އޭސް ޓްރެވަލްސްއެވެ. އަދި ކޯ-ސްޕޮންސަރުންގެ ގޮތުގައި އިނަ މޯލްޑިވްސް، އޭސް އޭވިއޭޝަން ސަރވިސަސް، އަދި ވޮޔޭޖަސް މޯލްޑިވްސް ހިމެނެއެވެ.

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ)، އަދި ނޭޝަނަލް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންޖީއޭއެމް) ފަދަ ފަތުރުވެރިކަމުގެ ދާއިރާގެ އިސް މުއައްސަސާތަކުން މި އެކްސްޕޯއަށް ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަކީ އެކްސްޕޯގެ ކާމިޔާބީއަށް ލިބޭ އިތުރު ހިތްވަރެއްކަމުގައި ހައިރައިސް ކުންފުނިން ފާހަގަކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

VVV

ހަނގުރާމައިގެ ގެއްލުމާ ކުރިމަތިވި ރިސޯޓްތަކަށް ބީއެމްއެލް މެދުވެރިކޮށް މާލީ އެހީ ދެނީ

Minister Thoriq Ibrahim

ތެޔޮ އެތެރެކުރަން ރާއްޖެއިން މިދިޔަ އަހަރު 10 ބިލިއަން ރުފިޔާ ހޭދަކުރި

Oo

ނުފުރި ތިބި ފަތުރުވެރިންނަށް ސަރުކާރުން އެހީ ވަނީ

Izaam

ހަކަތައިގެ ދާއިރާގެ ލަނޑުދަނޑިތަކަށް ވާސިލުވުމަށް ބައިނަލްއަގުވާމީ ބައިވެރިންނާ ގުޅުން ވަރުގަދަ ކުރުން މުހިންމު: ތޯރިގު