ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ޤައުމުގެ ކުރިއެރުމަށް ދިވެހި ޑޮކްޓަރުންގެ ޚިދުމަތް މުހިންމު: މިނިސްޓަރ ނާޡިމް

ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ދިވެހި ޑޮކްޓަރުންގެ ޚިދުމަތް ނުހަނު މުހިންމުކަމަށް ޞިއްޙީ ވަޒީރު އަލްފާޟިލް ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މި ބަސްފުޅުތައް ވަޒީރު ވިދާޅުވެފައިވަނީ ދިވެހި ޑޮކްޓަރުންގެ ދުވަހާ ގުޅިގެން ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ޞިއްޙީ ވަޒީރު އިތުރަށް ވިދާޅުވީ، ޑޮކްޓަރުންގެ ދުވަހަކީ ޞިއްޙީ ދާއިރާގެ ކުރިއެރުމަށް މާޒީއާއި ޙާޟިރުގެ ޑޮކްޓަރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އަގުވަޒަންކުރުމުގެ ދުވަހެއްކަމަށެވެ. އަދި މިހާރު ޒަމާނީ ވަސީލަތްތަކާއި އާ ޓެކްނޮލޮޖީގެ އެހީގައި ޑޮކްޓަރުން ފޯރުކޮށްދެއްވާ ޚިދުމަތްތަކަކީ ޤައުމުގެ ތަރައްޤީއަށް އިންތިހާއަށް މުހިންމު ޚިދުމަތްތަކެއްކަމުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ވަޒީރު ވަނީ ޑޮކްޓަރުން ކުރައ ކުރައްވަމުން ގެންދަވާ ޤައުމީ އަދި އަގުހުރި ޚިދުމަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 18 ވަނަ ދުވަހަކީ ޑޮކްޓަރުންގެ ދުވަސް ގޮތުގައި ފާހަގަކުރެވޭ ދުވަހެވެ.

ޑޮކްޓަރުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ޙައްލުކޮށްދިނުމާއި، އެ ބޭފުޅުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން، އެސްޓީއޯ ފާމަސީތަކުގެ ސްޓޮކްގައި ހުރި ބޭސްތަކުގެ މަޢުލޫމާތު ވަގުތުން ބެލޭނެ ގޮތަށް، ޑޮކްޓަރުންނަށް ޚާއްޞަކޮށްގެން އޮންލައިން ޕްލެޓްފޯމެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ދަނީ ކުރިއަށް ގެންދަވަމުންނެވެ.”

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

ސަރުކާރުގެ ބޭސް ކުންފުނިން ބޭސް އެތެރެކޮށް ރަށްރަށް ފޮނުވަން ފަށައިފި

WhatsApp Image 2026 03 05 at 13.42.57

ރާއްޖޭގައި ޝީޝާ މަނާކުރަން ދަނީ މަޝްވަރާކުރަމުން: ނާޒިމް

Ii

ދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

Ii

ލެބޯޓަރީގެ ޚިދުމަތް ފަށައި ހުޅުދެލީ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި