ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ކުޑަހުވަދޫގައި ޕަވަރ ބޭންކު ގޮވުމުގެ ސަބަބުން ގެއެއްގެ ކޮޓަރިއަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ދ. ކުޑަހުވަދޫގައި ހުރި ގެއެއްގެ ކޮޓަރިއެއްގައި ބަހައްޓާފައި އޮތް ޕަވަރ ބޭންކެއް ގޮވުމުގެ ސަބަބުން އެ ކޮޓަރި ބޭނުންނުކުރެވޭ ވަރަށް ގެއްލުން ލިބިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ދ. އަތޮޅު ކައުންސިލުގެ ރައީސް އަޙްމަދު ޝާފިޢު ދިރިއުޅުއްވާ ގޭގައެވެ. ހާދިސާ ހިނގި ވަގުތު އަޙްމަދު ޝާފިޢު ހުންނެވީ މާލޭގައެވެ.

ކުޑަހުވަދޫ ކައުންސިލުގެ މެންބަރެއްގެ ބަހުން، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ކޮޓަރީގައި ހުރި ފަރުނީޗަރާއި އެހެނިހެން ތަކެތި އަނދައި ހުސްވެ، ކޮޓަރި ބޭނުންނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށް މަޢުލޫމާތު ދެއްވިއެވެ.

ޕަވަރ ބޭންކު ބަހައްޓާފައި އޮތީ އެއްވެސް އެއްޗަކާ ގުޅާފައި ނުވާ ގޮތަށް އެނދުމަތީގައި ކަމަށް ބުނެވެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ކުޑަހުވަދޫގައި ތިބި އެމްއެންޑީއެފްގެ ބޭފުޅުންނާއި ފުލުހުންގެ މުވައްޒަފުންގެ އެހީތެރިކަމާއެކުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ބީއެމްއެލްގެ އެހީގައި ދ. އަތޮޅު ތައުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ގާއިމްކޮށްފި

ކުޑަހުވަދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށް

ކުޑަހުވަދޫ އަންހެނުންގެ ކޮމިޓީން ހެދި ޖިމް މެޑަމް ސާޖިދާ ހުޅުއްވައިދެއްވައިފި

ގޯލްޑަން ފުޓްސަލް ޗެލެންޖް ޒޯން 5 ގެ ޗެމްޕިއަންކަން ކުޑަހުވަދޫއަށް