ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އިސްލާމީ ޔުނިވަރސިޓީއަކީ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގައި މުހިއްމު މަސައްކަތްތަކެއްކުރާ އިލްމީ ބިނާއެއް – ޑރ ޝަހީމް

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަކީ މިޤައުމުގެ އިސްލާމީ ޝަޚުސިއްޔަތު ދެމެހެއްޓުމުގައި ނުހަނު މުހިއްމު މަސައްކަތްތަކެއްކުރާ އިލްމީ ބިނާއެއް ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރޭ ބޭއްވުނު އިސްލާމީ ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ، މިއަދުގެ ސަރުކާރުން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިސްލާމީ ޔުނިވަރސިޓީގެ ކުރިއެރުމަށް ޚާއްސަ އައްމިއްޔަތުކަމެއް ދެއްވާކަމަށާއި އެގޮތުން އައިޔޫއެމްގެ ކަންކަން ފަހިކޮށް ޔުނިވަރސިޓީގެ މުސްތަޤުބަލައްޓަކައި އަދި ދިމާވާ ކަންކަން ހައްލުކުރުމަކީ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރަމުން ގެންދާކަމެެއް ކަމަށެވެ.

މީގެ އިތުރުން އިސްލާމީ ޔުނިވަރސީޓީގެ ރިސާލަތަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްސިއްޔަތު ދިފާޢުކޮށް އިސްލާމީ މަކާރިމުލް އަޚްލާގު ޜާއްޖޭގައި ދަމަހައްޓައި، އިސްލާމީ އަޤީދާ ހިމާޔަތްކޮށް، އެއަޤީދާ އެހެން މީހުންނަށް އުނގަންނައިދުނުމުގެ މަސްޢޫލިއްޔަތު ކަމަށްވާއިރު، އެޔުނިވަރސިޓީ ހިމާޔަތްކޮށް ދެމެހެއްޓުމަކީ މުހިއްމުކަމެއްކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން އިސްލާމީ ޔުނިވާސިޓީން ދަސްވެނިވާ ދަރިވަރުން އަމަލީ މައިދާނުގައިވެސް މިކަންކަން ދައްކާ ސާބިތުކޮށްދިނުމަކީ މުހިއްމު ކަމެއްކަން ވަޒީރު ވަނީ ފާހަގަ ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

14 ރަށެއްގައި އިސްލާމީ ދާއިރާގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

eid namaadu

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުު މާލޭގެ 4 ސަރަޙައްދެއްގައި އޮންނާނެ

mosque , miskih, khuthuba

މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ މިސްކިތްތައް އާންމުކޮށްފި

767

ޒިކުރާ މިސްކިތުގެ ބިންގާ އެޅުން ރަމަޟާން މަހުގެ 27 ވަނަ ވިލޭރޭ އޮންނާނެ: ޝަހީމް