ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހައިކޯޓްގެ ފަނޑިޔާރު ކަމަށް ފައިސަލް ހަމަޖައްސަނީ

83

ދިވެހިރާއްޖެގެ ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަޤާމަށް އެ ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ހަމަޖެއްސުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ،

އެ ކޮމިޝަނުން އެފަދަ އިން ނިންމީ މިރޭ ބޭއްވި ޖަލްސާގައެވެ.

ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލްއަކީ ދިވެހިރާއްޖޭގެ ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްއިން ޝަރީޢަތާ ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އަދި 2012 ވަނަ އަހަރުން ފެށިގެން ޤާނޫނީ ދާއިރާގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައިވެއެވެ. އެގޮތުން ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އެސް.އެމް.އެން.އެސް އިކުއިޓީ ޗެމްބަރގައި މަސައްކަތް ކުރައްވާފައިވެއެވެ.

މިއާއެކު، 2014 މެއި 22 އިން ފެށިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަން ކުރައްވައި، 2014 ޖުލައި 13 ވަނަ ދުވަހުން ފެށިގެން ހައިކޯޓުގެ ފަނޑިޔާރުކަމަށް ވަޑައިގަންނަވަންދެން ކޮމިޝަނުގެ ނާއިބުރައީސްގެ މަޤާމު ފުރުއްވާފައިވެއެވެ.

ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިޞަލް ހައިކޯޓުގެ ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވަނީ 2018 ޖުލައި 24 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

high court

އަމީން ކޮންސްޓްރަކްޝަން ކުށްވެރިނުވާ ކަމަށް ނިންމި ނިންމުން ހައިކޯޓަށް ގެންގޮސްފި

98

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ހުއްޓުވަން އެމްޑީޕީން ހައިކޯޓަށް މައްސަލައެއް ހުށަހަޅައިފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު، ކްރިމިނަލް ކޯޓަށް ނިޔާޒު އައްޔަންކޮށްފި

66

ހައިކޯޓުގެ ފަނޑިޔާރު ކަމަށް ރައޫފާއި ޝަފީއު އައްޔަންކުރަނީ