ކުއްލި ޚަބަރު

ނަފުސާނީ ބަލިތަކުގެ ހުރިހާ ހަރަދެއް އާސަންދައިން ހަމަޖައްސަން ރައީސް ނިންމަވައިފި

ރާއްޖޭގައި މިހާރު ގޭންގެއް ނެތް: ރައީސް

އިނާޒު ދެއްވި ޔަގީންކަން: ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ޕެންޝަން އޮފީހުން ނުކުރޭ

ދެކުނު އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ކޮމިޝަންގެ ޗެއަރކަމަށް ރާއްޖެ އައްޔަންކޮށްފި

ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމްޢިއްޔާގެ ދެކުނު އޭޝިއާ ސަރަހައްދުގެ ޓޫރިޒަމް ކޮމިޝަންގެ ރިޔާސަތަށް 2025-2027 ގެ ދައުރަށް ދިވެހިރާއްޖެ ހޮވިއްޖެއެވެ. މި މަޤާމަށް ދިވެހިރާއްޖެ ހޮވުނީ އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ބޭއްވުނު ދުނިޔޭގެ ފަތުރުވެރިކަމާބެހޭ ޖަމްޢިއްޔާގެ އިރުމަތީ އޭޝިއާ އަދި ޕެސިފިކް ސަރަހައްދާއި، ދެކުނު އޭޝިއާ ސަރަހައްދުގެ 37 ވަނަ ޖޮއިންޓް މީޓިންގް އަދި 60 ވަނަ ޓޫރިޒަމް ކޮމިޝަން ފޮރ ސައުތު އޭޝިއާ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވި ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނިޔާޒު ވާހަކަފުޅު ދައްކަވަމުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތްތަކާއި ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އޭގެ ތެރޭގައި:

1. ފަތުރުވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ ޚާއްޞަ އިސްކަން.
2. މީހުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިކަން ތަރައްޤީކޮށް، އޭގެ މަންފާ ރަށުގެ އިޤްތިޞާދަށާއި ރައްޔިތުންނަށް ފޯރުކޮށްދިނުން.
3. ފަތުރުވެރިންނަށް ރާއްޖޭގެ ސަޤާފަތާއި ތަރިކަ ތަޖުރިބާކުރުމުގެ ފުރުޞަތު ފަހިކުރުން.
4. ފަތުރުަތުރުވެރިކަމުގެ ސިނާޢަތުގައި ތިމާވެށި ރައްކާތެރިކޮށް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް.

ސްޓޭޓް މިނިސްޓަރ ޑރ. ނިޔާޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2022 ވަނަ އަހަރު 2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައިވާކަމާއި، މިއީ ދެކުނު އޭޝިއާ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އެންމެ ރަނގަޅު ކުރިއެރުން ލިބިފައިވާ އެއް ޤައުމުކަމެވެ. އަދި 2023 ވަނަ އަހަރު 2.3 މިލިއަން ފަތުރުވެރިންނަށް މަރުޙަބާ ކިޔުމަކީ ދިވެހިރާއްޖޭގެ އަމާޒުކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ލީޑިން އެޑްވެންޗަރ ޑެސްޓިނޭޝަނާއެކު އިތުރު 35 އެވޯޑެއް ރާއްޖެއަށް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ އައު ލޯގޯ އާއްމުކޮށްފި

މެރިން ރިސާރޗް ސެންޓަރެއް ޖަވަކަރަ ރިސޯޓުގައި ހުޅުވައިފި

11

މޫސުމީ ބަދަލުތަކުން އަރައިގަތުމަށް 25 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ނިންމައިފި

TTH_advertisement