ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ވަކި ސިނގިރޭޓު ވިއްކުން ފަދަ ގާނޫނުން މަނާ ކަންކަން ހުއްޓުވުމަށް އިތުރު މަސައްކަތްތަކެއް

Goplv wwgaa tqr
ހެލްތު މިނިސްޓަރު ނާޒިމާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އިހުސާން ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން — ފޮޓޯ: ހެލްތު މިނިސްޓްރީ

ވަކިން ސިނގިރޭޓް ވިއްކުމާއި ސިނގިރޭޓް ބުއިމަށް ހުއްދަ ނެތް ތަންތަނުގައި ސިނގިރޭޓް ބުއިމުގެ ކަންކަން ހުއްޓުމަށް ހެދިފައިވާ ގާނޫނުތައް ތަންފީޒު ކުރުމުގެ ކަންކަން ވަރުގަދަކުރުމަށް މަޝްވަރާކޮށްފިއެވެ.

އެ މަޝްވަރާތައް ކޮށްފައިވަނީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ކުރެއްވި ބައްދަލުކުރެއްވުމެއްގެ ތެރެއިންނެވެ.

ހެލްތު މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި ފުލުހުންނާއި ކަސްޓަމްސް އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ގާނޫނު ތަންފީޒުކުރުމުގެ ކަންކަން ހަރުދަނާކުރުމަށް ކަންތައްތަކެއް ކުރުމަށް ވަނީ މަޝްވަރާކޮށްފައެވެ.

އެ ބައްދަލުވުމުގައި ވަކިން ސިނގިރޭޓް ވިއްކުމާއި، ހުއްދަ ނުދޭ ކެފޭ ރެސްޓޯރަންޓް ތަންތަނުގައި ސިނގިރޭޓް ނުވަތަ ޝީޝާ ބުއިމާއި ވޭޕް ބޭނުންކުރުން ފަދަ ކަންކަން ހުއްޓުވުމަށް ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް ވަނީ ނިންމައިފައެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު ނާޒިމާއި މިނިސްޓަރު އިހުސާންގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އަދި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ ވެސް ބައިވެރިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ii

ދ. އަތޮޅު ހޮސްޕިޓަލްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

Ii

ލެބޯޓަރީގެ ޚިދުމަތް ފަށައި ހުޅުދެލީ ސިއްހީ މަރުކަޒުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްފި

778

އަތޮޅު ހޮސްޕިޓަލްތަކަށް ލޯންޗުތައް ފޮނުވައި މި މަހުގެ ނިޔަލަށް ނިންމަނީ

Image 20

ރާއްޖޭގައި ކެންސަރު ބަލި ގިނަވާ ސަބަބު ހޯދަން ދިރާސާއެއް ހެދިފައެއް ނެތް: ނާޒިމް

TTH_advertisement