ކުއްލި ޚަބަރު

ވައިގެމަގުން ކުޑަހުވަދުއަށް މަސްތުވާތަކެތި ގެންދަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޑރ. ޒާހިރު ކޮށްދެއްވި ޚިދުމަތްތައް ފާހަގަކުރައްވައި ރައީސް ޝުކުރުއަދާކުރައްވައިފި

ބިދޭސީ މީހާގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަންސްއަށް ދީފި

Cxnkwfykadhygzlwpffj
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް — ފޮޓޯ: ރާއްޖެ އެމްވީ

ސެންޓްރަލް ޖަލުގެ މަސައްކަތް ނިމި، ހުރިހާ ޖަލެއް އެތަނަށް ބަދަލުވަންދެން ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްއަށް ދޭން ނިންމައިފިއެވެ.

ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސެންޓްރަލް ޖަލު އަޅައި ނިމި ހުރިހާ ޖަލެއް އެތަނަށް ބަދަލުވަންދެން ހުޅުމާލޭ ޖަލާ އިންވެގެން އޮތް ބިން ކަރެކްޝަނަލް ސާވިސްގެ ބޭނުމަށް ބޭނުންކުރަމުން ދިއުމަށް މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަދި ކަރެކްޝަންސްއާއެކު މަޝްވަރާކުރެވި އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްްނުންފުޅަކީ ޖަލުތަކަށް ކުރެވޭ ހަރަދު ކުޑަކުރުމާއެކު ދެވޭ ހިދުމަތުގެ ފެންވަރު މަތިކޮށް މައްސަލައަށް ދާއިމީ ހައްލެއް ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ހުރި ވަކިވަކި ޖަލުތަކުގެ ބަދަލުގައި ސެންޓްރަލް އެއް ޖަލަކަށް ބަދަލުކުރަން ނިންމައި، އެ ޖަލު ހެދުމަށް ނިންމާފައިވަނީ އުތުރުތިލަފަޅުގައެވެ. އެއީ 3000 މީހުންގެ ޖާގައިގެ ޖަލެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ihusan

މިހާތަނަށް 726 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެފައިވޭ: އިޙްސާން

ihusan

ޤަވާއިދާ ޚިލާފަށް އުޅުނު 7549 ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލައިފި

minister ihusan

ހޯޕް އައިލެންޑާއި ސެންޓްރަލް ޖަލު ހެދުމަށް ބޭރު ކުންފުނިތަކުގެ ޝައުގުވެރިކަން އެބަހުރި: އިޙްސާން

ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ޖުލައި 1ގައި ފަށަނީ

TTH_advertisement