ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލޭގެ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ޚާއްސަ ތަނެއް ހަދަނީ

304

ހުޅުމާލޭގައި ބިނާކުރާ ބޮޑެތި އިމާރާތްތަކުގައި ނަމާދުކުރަން ޚާއްސަ ތަނެއް ހުރުން ލާޒިމުވާނޭހެން ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ހުޅުމާލޭގެ އެކި ހިސާބުތަކުގައި މީހުން ދިރިއުޅޭ ބިލްޑިންގުތަކުގައިއާއި އެކިއެކި ކޮމާޝަލް ބިލްޑިންގުތަކާއި ކޮމާޝަލް އޭރިއާތަކާއި މީހުން ދިރިއުޅޭ އެޕާޓްމެންޓުތައް ހުންނަ ލަގްޒަރީ ބިލްޑިންގުތަކުގައި ވެސް ނަމާދު ކުރާނެ ކޮޓަރިއެއް ފަހިކޮށްދިނުމާ ގުޅޭ ގޮތުން މިއަދު އެޗްޑީސީއާ މަޝްވަރާކުރެއްވި ކަމަށެވެ.

“ބައެއް އިސްލާމީ ގައުމުތަކުގައި, މިސާލަކަށް އަޅުގަނޑުމެން ބަލާނަމަ މެލޭޝިއާ ފަދަ ގައުމުތަކުގައި ޝޮޕިން މޯލްތަކާއި އަދި ކޮމާޝަލް އޭރިއާތަކުގައި ބިލްޑިންތަކުގައި ހުންނާނެ ސުރާއޫ ކިޔާ ތަނެއް، ސުރާއޫގެ މާނައަކީ ނަމާދު ކުރާ ޖާގަ،” ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވީ، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މައުރޫފް ޖަމީލް އިސްނަންގަވައިގެން، އެ ތަސައްވުރު ހަގީގަތަކަށް ހެދުމަށްޓަކައި މަސައްކަތް ކުރައްވާތީ އެކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

“އެނގިިވަޑައިގަންނަވާނެ ފަދައިން ހުރިހާ ބޭފުޅުންނަށް ރާއްޖޭގައި އަދި އަމުދުން މިހާރު މި ތަރައްގީވަމުން މިދާ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކޮންމެ ބިލްޑިންގެއްގެ ކައިރީގައެއް މިސްކިތެއް ނުހުރޭ. މިހެންވުމުގެ ސަބަބުން މީހުންނަށް ވަރަށް ބޮޑެތި ދަތިތަކެއް ދިމާވެ، ވަކިން ޚާއްސަކޮށް ރަމަޟާން މަހުގައި،” ޝަހީމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

hulhumale

ހުޅުމާލޭގެ ގޯތިތައް 10 ފަންގިފިލާއަށް އިމާރާތްކުރެވޭގޮތަށް ހަދައިފި

Oo

ބީއެމްއެލް ހައުސިން މަޝްރޫޢުގެ ތެރޭގައި ހިމެނޭ ސީއެމްއީސީގެ ފަރާތުން އިމާރަތް ކުރާ 1224 ޔުނިޓުގެ މަސައްކަތް ފަށައިފި

78

ހުޅުމާލެ ފޭސް ތިނެއްގައި 1000 ފްލެޓް އަޅަން ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މުއްދަތު އިތުރުކޮށްފި

WhatsApp Image 2026 03 10 at 21.40.54 (1)

ރަޝީދު މިސްކިތުގެ ބިލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ