ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެ ފޭސް ދޭއްގައި މިސްކިތެއް އިމާރާތް ކުރަން ހަވާލުކޮށްފި

STO_Ads
TTH_Ads

ހުޅުމާލެ ފޭސް ދޭއް ގައި މިސްކިތެއް އިމާރާތް ކުރުމަށް ހަވާލުކޮށްފި އެވެ.

މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ކުރަނީ ހެޔޮއެދޭ އަމިއްލަ ފަރާތަކުން ޚަރަދުކޮށްގެން ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އަދި ކޮންޓްރެކްޓަރެއް ހަމަޖައްސާނީ ވެސް އެފަރާތުން ކަމަށް ވަނީ ބުނެފަ އެވެ. ހުޅުމާލެ ފޭސް 2 ލޮޓު 22386 ގައި އިމާރާތް ކުރާ މި މިސްކިތަކީ  2500 – 3000 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިސްކިތް އިމާރާތް ކުރަނީ 18720.79 އަކަފޫޓުގެ ބިމެއްގަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި ބިން ހަވާލުކުރާ ތާރީޚުން ފެށިގެން 24 މަސް ތެރޭގައި މިސްކިތް އިމާރާތްކޮށް ނިންމަން ޖެހެ އެވެ. މި މިސްކިތް ނިމޭއިރު، ސޯލާއާއި އޭސީ ވެސް ހަރުކުރާނެ އެވެ. މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީއާ އެޗްޑީސީއާ ދެމެދު ވަނީ އެއްބަސްވުން ގާއިމުކޮށްފަ އެވެ.

HajjCop_ads

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިހާރު ހުޅުމާލޭގައި އަޅަމުންދާ ދާއިމީ މިސްކިތަކުގެ ތެރެއިން ބައެއް މިސްކިތް މިއަހަރު ނިމޭނެ އެވެ.

MWSC_ads

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

central park

ސެންޓްރަލް ޕާކުގައި އިތުރު ޕާކިންގް ޒޯނެއް ހަދައިފި

hulhumale

ހުލުމާލޭގައި މަގުހަދާ ސަރަހައްދުތަކަށް އާންމުން ނުވަނުމަށް އިލްތިމާސްކޮށްފި

HDC

“ވިލުންވެރި ކަނބަލުން” ޕްރޮގްރާމަށް ހުޅުވާލައިފި

43

ހުޅުމާލޭ ފިތުރޯނު މަގު މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ފަށައިފި