ކުއްލި ޚަބަރު

އާރްއޭސީއެލްގެ ޑީއެމްޑީ ޝާހިދު އެމްޑަބްލިޔުއެސްސީއަށް ބަދަލުކޮށްފި

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ކުރީސަރުކާރުން ވާރުތަވި ބޮޑު ދަރަނި ދައްކަމުން ޚަރަދަށްވުރެ އާމްދަނީ 2.3 ބިލިޔަން ރުފިޔާ އިތުރުވެއްޖެ

ދައުލަތުގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަމުގެ އުފާވެރި ޚަބަރެއް މާލީ ވުޒާރާއިން ހާމަކޮށްފިއެވެ. މިއަހަރުގެ ފުރަތަމަ 12 ހަފްތާގެ ތެރޭގައި ދައުލަތުގެ އާމްދަނީ ޚަރަދަށްވުރެ 2.3 ބިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް މާލީ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މާލީ ވުޒާރާގެ ‘ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް’ ރިޕޯޓުގައިވާ ގޮތުން، މިއަހަރުގެ ޖަނަވަރީ 1 އިން އޭޕްރީލް 10 އަށް ދައުލަތަށް 11.2 ބިލިއަން ރުފިޔާގެ އާމްދަނީ ލިބިފައިވާއިރު، ޚަރަދުވެފައިވަނީ 9.1 ބިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 4.6% އިތުރު އަދަދެކެވެ.

އާމްދަނީގީގެ ގޮތުގައި ލިބުނު 11.2 ބިލިއަން ރުފިޔާގެ ތެރޭގައި ހިމެނެނީ:
– ޓެކްސް އާމްދަނީގެ ގޮތުގައި 8.6 ބިލިއަން ރުފިޔާ
– ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ
– ހިލޭ އެހީގެ ގޮތުގައި 56 މިލިއަން ރުފިޔާ

އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު ޖީ.އެސް.ޓީންނެވެ. ޓީ.ޖީ.އެސް.ޓީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ގްރީން ޓެކްސްގެ ގޮތުގައި 556.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާގެ މިންވަރުވެސް އިތުރުވެ، 437.1 މިލިއަން ރުފިޔާ ޖަމާކުރެވިފައިވެއެވެ.

ދައުލަތުގެތުގެ ޚަރަދުތައް 9 ބިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތގެ ތެރޭގައި ލޯނު އަނބުރާ ދެއްކުމަށް 2.4 ބިލިއަން ރުފިޔާ ހޭދަކުރެވިފައިވެއެވެ. ބަަޖެޓުގެ ޕްރައިމަރީ ބެލެންސް 3.4 ބިލިއަން ރުފިޔާއިން އަރަނިވެފައިވާއިރު، ޖުމްލަ ބަޖެޓުގެ ބެލެންސް 2.1 ބިލިއަން ރުފިޔާއިން އަރަނިވެފައިވެއެވެ.

މި ކުރިއެރުންތަކަކީ ސަރުކާރުން ކުރަމުންދާ ގިނަ މަސައްކަތްތަކެއްގެ ނަތީޖާއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް އިސްކަންދެއްވާ، ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައެވެ. މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

112

އާރްއޭސީއެލްގެ ޑީއެމްޑީ ޝާހިދު އެމްޑަބްލިޔުއެސްސީއަށް ބަދަލުކޮށްފި

MMA

އެމްއެމްއޭގެ ފައިނޭންޝިއަލް އިންޓެލިޖެންސް ޔުނިޓުގެ ވެރިޔަކަށް އިސްމާއިލް ސާޖިދު

211

ބޭސްފަރުވާގެ ކަންކަމުގައި އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވޭނެ ގޮތް ހަދަނީ

211

ބްލެކްމެއިލްގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި

ELL Mobile Advertisement TTH_advertisement