ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ބުރިޖު ހައިވޭގައި އެކްސިޑެންޓެއް، މީހަކާއި ހަ އަހަރުގެ ކުއްޖަކަށް އަނިޔާތަކެއް

L 2020 04 03 114220 riyndwk6l4zhqx72vu8tce591gpmjbso3fa en
ސިނަމާލެ ބުރިޖު — ފޮޓޯ: ސަން

ބުރިޖު ހައިވޭގައި ވޭނަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކާއި ކުޑަކުއްޖަކަށް އަނިޔާވެގެން ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ އެ އެކްސިޑެންޓު ހިނގާފައިވަނީ ސީޕްލޭން ޓާމިނަލް ސަރަހައްދުން ނުކުތް ވޭނަކާއި ހައިވޭއިން ދިޔަ ސައިކަލެއް ޖެހިގެން ކަމަށާއި އެ މައްސަލަ މިއަދު ހަވީރު 5:53 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށާއި ސައިކަލުގައި އިން ހަ އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވެފައިވާ ކަމަށެވެ.

އަނިޔާވި ކުޑަކުއްޖާއަށް ފަރުވާދެމުން އަންނަނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ކަމަށާއި އަދި ސައިކަލު ދުއްވަން އިން މީހާއަށް ފަރުވާދެމުން އަންނަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެމީހުންގެ ހާލު އަދި ކަށަވަރުކުރެވިފައެއް ނުވެއެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓުގެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Mussss

އެމްޑީޕީގެ ކެންޑިޑޭޓް ސިބާއަށް އަނިޔާއެއް ނުކުރޭ، ފުލުހުން ހަގީގަތް ހާމަކޮށްފި

98

ސިނަމާލޭ ބްރިޖުގައި ޕިކަޕެއް ފުރޮޅާލައި ގެއްލުންތަކެއް ވެއްޖެ

1577448047large

ބްރިޖު ލައިޓްކައިރީގައި އެކްސިޑެންޓެއް ހިނގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ

ހައިވޭގައި ދެ ސައިކަލު ޖެހި އެކްސިޑެންޓްވި އަންހެންމީހާ އަނިޔާވެއްޖެ