ކުއްލި ޚަބަރު

މޯލްޑިވްސް- ޖަރމަނީ ބިޒްނަސް ރައުންޑްޓޭބަލްގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފި

ނާރުގެ ބަލިތަކަށް ފަރުވާދޭ ސެންޓަރެއް އައިޖީއެމްއެޗްގައި ހުޅުވައިފި

2 އިންތިޚާބު އެއްކޮށްލަން މަޖިލީހުން ފާސްކޮށްފި

އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށްދިނުމަށް ޓިކްޓޮކާއެކު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި 

88829

ސޯޝަލް މީޑިއާ ޕްލެޓްފޯމް، ޓިކްޓޮކް މެދުވެރިކޮށް އާމްދަނީ ހޯދޭނެ މަގުތައް ތަނަވަސްކޮށް ދިނުމަށް ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ޓިކްޓޮކާއެކު އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ދިވެހިރާއްޖޭގެ ފަންނުވެރި އިޤްތިޞާދުގައި ހަރަކާއްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯއްދަވައި ދެއްވައި، އުފެއްދުންތެރި އިޤްތިޞާދެއް ބިނާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވާ އަހަންމިއްޔަތުގެ ތެރެއިން، ދުނިޔޭގެ ބޮޑެތި ޑިޖިޓަލް ޕްލެޓްފޯމްތަކުން ފަސޭހަކަމާއެކު ފައިސާލިބޭނެ މަގުތަނަވަސްކޮށްދިނުމަށް ގިނަ މަސައްތަކްތަކެއް ދަނީ ކުރެވެމުންނެވެ.

ޓިކްޓޮކްގެ ވަފުދުން ކުރަމުން މިދާ ޒިޔާރަތުގައި ރާއްޖެއަށް ޓިކްޓޮކްގެ އިތުރު ޙިދުމަތްތައް ތައާރަފު ކުރުމަށް، ކަމާއުގުޅޭ އެކި ފަރާތްތަކާއެކު މުހިންމު މުޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންދާނެއެވެ. އޭގެ ތެރޭގައި އެ ޕްލެޓްފޯމް މެދުވެރިކޮށް ދެމުންގެންދާ ޙިދުމަތްތަކާގުޅޭ ޤާނޫނީ ކަންކަމާއި، ފައިސާގެ މުޢާމަލާތްތަކާއި، ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދާނެއެވެ. މީގެ އިތުރުން ކޮންޓެންޓް އުފައްދާ ފަރާތްތަކަށް ހާއްސަކޮށް ޓިކްޓޮކްގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

cafe

ރޯދަ މަހު ފިހާރަތައް މެންދަމު 1 ޖަހަންދެން، ކެފޭތައް 3 ޖަހަންދެން ހުޅުވާފައި ބެހެއްޓޭނެ

Ii

ޓިކްޓޮކުން ދިވެހި ޒުވާނުންނަށް އާމްދަނީ ހޯދޭނެގޮތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ޓައުންޝިޕް މަޝްރޫއުގެ އިންވެސްޓަރުންނާއެކު ސޮއިކޮށްފި

893

ސަސްޓެއިނަބުލް ޓައުންޝިޕް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

TTH_advertisement