ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

އެޗްޑީސީގެ ބޯޑަށް ޠަޢާމު އައްޔަނުކޮށްފި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށް، މ. ބްލޫނައިލް، އިބްރާހިމް ޠަޢާމު މުޙައްމަދު އައްޔަނުކުރައްވައިފިއެވެ. މި އައްޔަނުކުރެއްވުން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި އައްޔަނުކުރެއްވުމަކީ، ކުރިން އެ ބޯޑުގެ މެންބަރުކަމުގައި ހުންނެވި ހއ. ފިއްލަދޫ، މަބުސްތާނުގެ، މުޙައްމަދު ވަހީދު 6 އޭޕްރިލް 2025 ގައި އެ ބޯޑުން ވަކިކުރެއްވުމަށްފަހު ގެނެވުނު ބަދަލެކެވެ.

އެޗްޑީސީގެ ބޯޑަށް މި ބަދަލު ގެނެވެމުންދަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ފަރާތްތަކަކަށް ހުޅުމާލެއިން ގޯތި ދޫކުރެވިފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އެޗްޑީސީގެ ބޯޑުގެ ބައެއް މެންބަރުން ކުރިން ސަސްޕެންޑްކުރެވިފައިވަނިކޮށެވެ. އަދި މި މައްސަލައާ ގުޅިގެން އެ ކުންފުނީގެ އޭރުގެ މެނޭޖިންގ ޑިރެކްޓަރ ފަޟުލް ރަޝީދު ސަސްޕެންޑްކުރެވުމާ ގުޅިގެން އޭނާ ވަނީ މަޤާމުން އިސްތިއުފާ ދެއްވާފައެވެ.

މިހާރު އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވީ މުޙައްމަދު މައުރޫފް ޖަމީލެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

ވިނަރެސް ފްލެޓެއް ލޯންޑްރީ ސެންޓަރަކަށް ބޭނުންކުރާ މައްސަލަ ބަލަނީ

ހުޅުމާލެ ފޭސް 2 ގައި ގާއިމުކުރި ކުޅިވަރު އެކުވެނި ހުޅުވައިފި

Hulhumale

ހުޅުމާލޭ ފޭސް 1 ގެ 704 ފްލެޓް ބެލެހެއްޓުން އެޗްޑީސީއާ ހަވާލުކޮށްފި

Mussss

ހުޅުމާލެ ފޭސް އެކެއްގެ ފްލެޓްތަކުގެ މެއިންޓަނަންސްގެ މަސައްކަތްތައް ފަށައިފި