ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ފުލުހުން ބޮޑުފޮޅުދޫގައި “ވޯކް އެންޑް ޓޯކް” ހަރަކާތެއް ކުރިއަށް ގެންގޮސްފި

އއ. ބޮޑުފޮޅުދޫ ރައްޔިތުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަށް ވޯކް އެންޑް ޓޯކް ހަރަކާތެއް އެ ރަށު ޕޮލިސް ޕޯސްޓުން ކުރިއަށް ގެންގޮސްފިއެވެ.

މި މަހު 13 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި، ކުށްތަކުން ރައްކާތެރިކަން ހޯދުމަށް ކުރެވިދާނެ ކަންކަން ބުނެދީފައިވެއެވެ. އަދި މިވަގުތަށް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަކީ ކޮބައިތޯ ބަލައި އެ ކަންކަން ހައްލުކުރުމަށް ދެފަރާތުން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކޮށްފައިވެއެވެ. އަދި ކުށުގެ ވެށީގައި އުޅޭ މީހުންނަށް ހާއްސަ ސަމާލުކަމެއް ދިނުމަށާއި އެއިން މީހެއްގެ ފަރާތުން އެއްވެސް އުނދަގުލެއް ކުރިމަތިވެއްޖެނަމަ ފުލުހުންގެ އެހީތެރިކަން ހޯދުމަށް އެދިފައިވެއެވެ.

މީގެ އިތުރުން، ރައްކާތެރި ގޮތުގައި އިންޓަނެޓް ބޭނުންކުރުމާ ގުޅޭގޮތުން ވެސް ރައްޔިތުންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އެގޮތުން، އިންޓަނެޓް ބޭނުންކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތަކާއި އޮންލައިން ވިޔަފާރިކުރާއިރު ވިސްނަންޖެހޭ ކަންކަމާއި އިންޓަނެޓް ބޭނުންކުރުމުގައި ތިމާއަށް ނޭނގޭ ކަންތައްތައް ގާތް މީހުންގެ ކިބައިން އަހައި އޮޅުންފިލުވުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި ވަޓްސް އެޕާއި ވައިބަރ ފަދަ މުހިންމު އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ ސެޓިން ހަދާނެ ގޮތް ބުނެދީފައިވެއެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ރަށުގައި ރައްޔިތުން އެއްވެ އުޅޭ ތަންތަނަށް ފުލުހުން ޒިޔާރަތްކޮށް ރައްޔިތުންނާ ގާތުން ބައްދަލުކޮށްގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި