ޚަބަރު ރާއްޖެ ސިޔާސީ ރިޕޯޓް ވިޔަފާރި ދުނިޔެ ކުޅިވަރު އުދާސް މީހުން ލައިފްސްޓައިލް މަންޒަރު

ހުޅުމާލެއިން ވަގަށްނެގި ކާރެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފި

ހުޅުމާލޭގައި ޕާކުކޮށްފައި އޮއްވައި ވަގަށްނެގި ކާރެއް ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފިއެވެ.

އެޕްރީލް 13 ވަނަ ދުވަހުގެ 23:50 އެހައިކަންހާއިރު ހުޅުމާލެ ފިތުރޯނު މަގުގައި ކާރު ޕާކުކުރުމަށް ފަހު، 01:15 އެހައިކަންކާއިރު ކާރަށް އަރަންދިޔައިރު، ޕާކުކުރި ތަނުގައި ކާރު ނެތްކަމަށާއި ކާރުތެރޭގައި ތަޅުދަނޑި (ރިމޯޓު) ބޭއްވިފައިވާ ކަމަށް ބުނެ ރޭ ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވެއެވެ.

މި މައްސަލައާ ގުޅިގެން، ސީސީޓީވީ ކެމެރާ ފުޓޭޖު ބެލިބެލުމުން، އަންހެނަކާއި ފިރިހެނަކު އެ ކާރަށް އަރައިގެންދާ މަންޒަރު ފެނިފައިވެއެވެ. އަދި ކާރު އޮތް ސަރަހައްދު ދެނެގަނެ ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން ކާރުގައި އެއްވެސް މީހަކު ނެތްކަން އެނގިފައިވެއެވެ. އަދި ކާރުގެ ވެރިފަރާތް އެ ސަރަހައްދަށް ހާޒިރުކޮށް، ވެރިފަރާތުގެ ހާޒިރުގައި ކާރު ޗެކުކުރިއިރު ކާރަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމާއި ކާރުތެރޭގައި ބާއްވާފައި އޮތް ރިމޯޓު ނެތްކަން އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.

ގުޅުންހުރި

Ui

ސިނަމާލެ ބްރިޖް ދަށުގައި ބިދޭސީންތަކެއް ދިރިއުޅޭ މައްސަލައެއް ބަލަނީ

police

ޒާތީ ފޮޓޯ އާއި ވީޑިއޯ ނަހަމަގޮތުގައި ބޭނުންކުރާ މައްސަލަ އިތުރުވެއްޖެ: ފުލުހުން

78

ހުޅުމާލޭގައި މީހަކު ރަހީނުކުރި މައްސަލައަކާ ގުޅިގެން ބިދޭސީންތަކެއް ހައްޔަރުކޮށްފި

Ui

ކުޑަކުދިންނަށް ޖިންސީ ގޯނާކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފި